ބައިވެރިޔާއަށް ޕްރެޝަރު ބޮޑުކުރުވުމަކީ ލޭމައްޗަށްދާބަލި ޖެހެން މެދުވެރިވާ ސަބަބެއް! ލޯބިވާނަމަ މިކަންކަމަށް ވިސްނާލަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ބައިވެރިޔާއަށް ޕްރެޝަރު ބޮޑުކުރުވުމަކީ ލޭމައްޗަށްދާބަލި ޖެހެން މެދުވެރިވާ ސަބަބެއް! ލޯބިވާނަމަ މިކަންކަމަށް ވިސްނާލަން ޖެހޭނެ!

ބައިވެރިޔާއަށް ޕްރެޝަރުކުރުވުމުގެ މައްސަލައަށްބަލާއިރު މިއީ ދެމަފިރިންވެސް ވިސްނަން ޖެހޭނެ ކަމެކެވެ. ދެމަފިރިންވެސް ވިސްނަންވާނީ އަނެކާއަށް ޕްޜެޝަރު ބޮޑުނުވާނެ ގޮތަކަށް ކަންކަން ކުރުމަށެވެ. ނަމަވެސް ކަންކަން މިކުރެވެނީ އެގޮތަށް ހެއްޔެވެ؟ 

މިޘާލެއް ބުނެލާނަމެވެ. އަނބިމީހާއަށް މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހެއެވެ. މަސައްކަތްކުރާނެ ނޯކަރުންވެސް އެބަ ތިއްބެވެ. އެކަމަކު އަނބިމީހާއަށް އަޅައިނުލެވޭނަމަ، ބޭވަފާތެރިވާނަމަ ސިކުނޑިއަށް ޕްރެޝަރު ބޮޑުނުވާނެ ހެއްޔެވެ؟ 

ހަމަ އެގޮތަށް ބައެއް އަނބިން ފިރިމީހާއަށް ކެރިކުޅަދާނަނުވާވަރަށް ކަންކަމަށް އެދެއެވެ. އެކަންކަން ކޮށްނުދެވުމުން ޝަކުވާކުރެއެވެ. އެއިރުން ފިރިމީހާއަށް ޕްރެޝަރު ބޮޑުނުވާނެ ހެއްޔެވެ؟ 

މިވާހަކަ ދައްކަން މިޖެހެނީ ލޭމައްޗަށްދާ ބައްޔަށް ފަރުވާކުރަންޖެހޭ މީހުން ގިނަވަމުން އަންނާތީއެވެ. ލޭމައްޗަށް ދާންފަށާ މައްސަލަތަކުގެ ތެރޭގަ ކުރަންޖެހޭ މަސައްކަތް ގިނަވުމާއި ޢާއިއިލީ މައްސަލަތައް ކުރިމަތިވުން ގިނަވުންވެސް ހިމެނެއެވެ. އެއިގެ ތެރޭގައި ޢާއިލާގެފަރާތުން ކުރިމަތިކުރުވާ މައްސަލަތަކާއި ދެމަފިރިން އެކަކު އަނެކަކަށް ކުރިމަތިކުރުވާ މައްސަލަތައް ހިމެނެއެވެ. 

ދިރިއުޅެން ނުވަތަ އޮފީހުގައި ކުރަންޖެހޭ މަސައްކަތް އާދައާ ޚިލާފަށް ގިނަވުމާއި ޢާއިލީ މައްސަލަތަކުގައި އުޅެންޖެހުމަކީ ލޭ މައްޗަށް ދިއުމަށް ކުރިމަތިވާ އެންމެ ޢާންމު އެއް މައްސަލައެވެ. މި ދެޙާލަތުގައިވެސް އެމައްސަލަ ކުރިމަތިވަނީ ސިކުނޑިއަށް ބުރަބޮޑުވުމުންނެވެ. 

މިކަން ކިޔައިދޭން މާމޮޅު ޑޮކްޓަރަކަށް ބޭނުމެއް ނުވެއެވެ. ސަބަބކީ މިއީ އެންމެންހެން ތަޖުރިބާ ކުރަމުންދާ ކަމަކަށްވާތީއެވެ. އެންމެންނަށް އެނގޭ ކަމަކަށްވާތީއެވެ. 

ބައިވެރިޔާ ދެކެ ލޯބިވާ އެއްވެސް މީހަކު އޭނާގެ ބައިވެރިޔާއަކީ ލޭމައްޗަށްދާ ބަލީގެ ޝިކާރައަކަށްވެ އަބަދު ބޭސްކުރަންޖެހޭ މީހަކަށްވާން ބޭނުމެއް ނުވާނެއެވެ. އެހެންކަމާއިއެކުވެސް ބައިވެރިޔާ މި ވައްޓައިލެވެނީ ބޮޑު ބައްޔެއްގެ ތެރެއަށް ކަމާއިމެދު ވިސްނައިލެވެނީ ވަރަށް މަދު މީހަކަށެވެ. ބައިވެރިޔާއަށް މައްސަލަތައް ކުރިމަތިކުރުވައި ހިތްހަމަނުޖެހުމާއި ކަންބޮޑުވުމުގެ ތެރޭގައި ބަހައްޓުވާއިރު ބައިވެރިޔާއަށް ކުރެވެނީ ކިހައިވަރެއްގެ އނިޔާއެއްކަން ވިސްނެނީވެސް ވަރަށް މަދު މީހަކަށެވެ. 

ބައިވެރިޔާ ބަލިވެ ބޭސްކުރަންޖެހުމުން ދެރަވެއެވެ. ޑޮކްޓަރަށް ދައްކަންޖެހުމުން ޚަރަދުވެސް ބޮޑުވެއެވެ. ބައިވެރިޔާއަކީ ލޭމައްޗަށްދާ މީހަކަށްވެއްޖެނަމަ ދިރިއުޅުމުގައިވެސް މައްސަލަތައް ކުރިމަތިވެއެވެ. 

އެކަމުގެ އަސަރު ދަރިންނަށްވެސް ކުރެއެވެ. ވިސްނާނުލައި ބަސްބުނެވުން ފަދަ ކަންކަންވެސް ކުރެވޭތީއެވެ. ލޭމައްޗަށްދާނަމަ މިއީ ކުރިމަތިވާނެ ކަންކަމެވެ.

ދެން ނިކަން ބުނެބަލާށެވެ! ބައިވެރިޔާއަށް ލޭމައްޗަށްދާ ބަލި ޖެހުނީ ތިބާގެ ސަބަބުން ކަމަށްވެއްޖެނަމަ އެކަމުގެ ބަދަލު ދެވޭނެ ހެއްޔެވެ؟ ވީމާ ބައިވެރިޔާ މިކިޔާ "ސްޓްރެސް" އިން ސަލާމަތްކޮށްފައި ބަހައްޓަން މަސައްކަތްކުރާށެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާށެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ. 

ލޭމައްޗަށްދާ އިތުރު ބައެއް ސަބަބުތައް:

- މާޔޫސްބަލީގެ ބޭސްކެއުން

- ފެންބޮވޭ މިންވަރު މަދުވުން

- ކުޑަކަމު ނުގޮސް ގިނައިރު ހިފެހެއްޓުން

- ނިދިމަދުވުން

- ސައި/ކޮފީ އާއި ފިޒީ ބުއިން ގިނައިން ބުއިން

 

 

 

މިއަދު އޮންލައިން