ހިތްފުރި އިތުރުވާވަރުގެ ބައިވެރިއަކު ލިބެން ބޭނުންނަމަ އަނެކާއަށް ލިބުނު ބައިވެރިޔާގެ ރީތިކަމަށާ އޭނާއަށް އަވަހަށް ކައިވެނިކުރެވުނީތީ ޙަސަދަވެރިނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހިތްފުރި އިތުރުވާވަރުގެ ބައިވެރިއަކު ލިބެން ބޭނުންނަމަ އަނެކާއަށް ލިބުނު ބައިވެރިޔާގެ ރީތިކަމަށާ އޭނާއަށް އަވަހަށް ކައިވެނިކުރެވުނީތީ ޙަސަދަވެރިނުވާށެވެ!

ގިނަ ބައަކަށް މިއަދު އެންމެ ބޮޑެތި ގެއްލުންތައް ލިބެމުން މިދަނީ އެހެން މީހުންގެ ކަންކަމަށް ޙަދަސަވެރިވާން ހަދައިގެންނެވެ. މިނުބައި ޢަމަލާއި ދުރުހެލިވާން އެބަޖެހެއެވެ. ވަކިކަމެއްގައެއްގައެއް ނޫނެވެ. ހުރިހާ ކަމެއްގައިވެސްމެއެވެ.  

ޒަވާޖީ ހަޔާތަށް ބަލާއިރު ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ލިބުންވަނީ އެންމެ ރީތި މީހާ އާއިކައިވެނިކުރެވުމަކުން ނޫނެވެ. އަދި ޢާއިލާއިން ނުވަތަ އެކުވެރިންގެ ތެރެއިން އެންމެ އަވަހަށް ކައިވެނި ކުރެވުމެއްވެސް ނޫނެވެ. ހެޔޮލަފާ، އަޚްލާޤް ރަނގަޅު، ތަޤްވާވެރި ބައިވެރިއަކު ލިބުމުންނެވެ. ވިސްނައިލާށެވެ! އެންމެ ރީތިވި، އެންމެ ލޯބިވި މީހާ އާއި ވަރަށް އަވަހަށް ކައިވެނިކުރެވުމުން ކަރުމަޅިއަކަށްވީ ކިތައް މީހުންނަށް ހެއްޔެވެ؟  

އެހެން މީހުންނަށް އުފާވެރިކަން ލިބުމުން ތިމާއަށް އުފާވެރިވެވޭނީ ހަމަ އެކަނި ޠޯހިރު ހިތެއް ލިބިފައިވާ މީހުންނަށެވެ. އަހަރެމެން ކޮންމެ މީހަކަށްވެސް އޮތީ ތިމާއަށްވެސް ތިމާއެދޭ ނިޢްމަތްތައް ދެއްވެވުން އެދި ދުޢާކުރުމެވެ.  

ހިތާމައަކީ އަހަރެމެންގެ ހިތްތަކުގެ ނުތާހިރުކަމެވެ. ނުވަތަ އަމިއްލަ އެދުން ބޮޑުކަމެވެ. ހަސަދަވެރިވެވެނީ އެހެންވެގެންނެވެ. ހަސަދަވެރިވުމަކީ ފާފަވެރިވެ ތިމާ އެދޭ ނިޢްމަތްތައް ލިބުމަށް ހުރަސްއެޅޭ ކަމެކެވެ.:  

މިސާލަކަށް އަނެކާއަށް މާރީތި ބައިވެރިއަކު ލިބުނީއެވެ. ނުވަތަ މާކުރިން ކައިވެނިކުރެވުނީއެވެ. މިފަދަ ކަންކަމަކީ ޙަސަދަވެރިވާންވީ ކަންކަމެއް ނޫނެވެ. އުފާކޮށް އަނެކާއަށްޓަކައި ހެޔޮ ދުޢާކުރަންވީއެވެ! އެއިރުން ތިބާއަށް ދެއްވަވާނެ ބައިވެރިޔާ މާފުރިހަމަވާނެކަމަށް ޝައްކުވެސް ނުކުޜާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން