ޤުރްއާން ދަސްފުޅުކުރައްވަވަން ޞަހާބީން ޢަމަލުފުޅުކުރެއްވެވި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޤުރްއާން ދަސްފުޅުކުރައްވަވަން ޞަހާބީން ޢަމަލުފުޅުކުރެއްވެވި ގޮތް-

 

ކީރިތި ޤުރްއާން އުނގެނެން މަސައްކަތްކުރާ ދަރިވަރުން ވަރަށް ގިނައެވެ. އެއިގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންވެސް ހިމެނޭކަން އެއީ އުފާކުރަންޖެހޭ ކަމެކެވެ. އެހެންކަމުން މިގެނެސްދެނީ ޤުރްޢާން އުނގެނެން މަސައްކަތްކުރާ ދަރިވަރުންނަށް އެހީތެރިކަން ހޯދިދާނެ ގޮތެކެވެ. އިން ޝާ ﷲ

އިބްން މަސްއޫދު ވިދާޅުވެފައިވެއެވެ. "ތިމަން ބޭކަލުން ކީރިތި ޤްރުއާން ދަސްކުރައްވަވަނީ 10 އާޔަތުންނެވެ. 10 އާޔަތް ފުރިހަމައަށް ދަސްފުޅު ކުރެއްވެވުމުން މެނުވީ އިތުރު އާޔަތެއް ދަސްފުޅު ކުރައްވަވަން މަސައްކަތްޕުޅެއް ނުކުރައްވަވަމުއެވެ." 

މީގެމާނައަކީ ހަމައެކަނި ކިޔަވައި ވިދާޅުވަން ދަސްކުރެއްވެވުމެއް ނޫނެވެ. މާނަވެސް ދަސްފުޅު ކުރެއްވެވުމެވެ. ހިތްޕުޅުގައި ހަރުލާވަރަށް ދަސްފުޅު ކުރެއްވެވުމެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން ވަރަށް ގިނައިން ކީރިތި ޤްރުއާން ވަރަށް ގިނައިން ކިޔަވައެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުއެނގެއެވެ. އެއީ ޞަޙާބީން ޢަމަލުފުޅު ކުރެއްވެވި ގޮތަށް ޢަމަލުނުކުރެވޭތީއެވެ. ހަމައެކަނި މަތިމަތިން ކިޔަވައިލެވޭތީއެވެ.  

ލޮލުގައި ފެނުން ހުރެމެ ކިތަންމެ ގަދަ އަލީގައި ހުރި ނަމަވެސް ތަންތަން ނުފެންނަ ކަނު މީހެއްގެ މިސާލު ބުނެވެނީ ކޮންބައަކަށްކަން އެނގޭ ހެއްޔެވެ؟ ޖަވާބަކީ އެއީ ކީރިތި ޤުރްއާން ކިޔެވިނަމަވެސް ނުވަތަ އުނގެނުނު ނަމަވެސް އެކަމުން ފައިދާނުކުރާ މީހުންނެވެ. 

މިފަދަ މީހުންނާއިމެދު ބުނެވެނީ އެމީހުންނަކީ އަލިކަން ލިބުމުން ދެލޯ އަނދިރިވާ، ތަންތަން ނުފެންނަ ކަނު ބައެއް ކަމަށެވެ. އެހެނީ އެމީހުންނަށް ކީރިތި ޤްރްއާން ފެނެއެވެ. ކިޔަވައެވެ. ނަމަވެސް ކިޔެވޭ އެއްޗެއް ނުއެނގެއެވެ. ތެދުމަގެއް ނުފެނެއެވެ. ހިދާޔަތެއް ނުލިބެއެވެ. 

އިމާންކަމަކީ ކުއްލިއަކަށް ލިބޭ ކަމެއް ނޫނެވެ! އީމާންކަން އެއީ މިހެއްގެ ހިތުގައި ދިރި އުފެދެމުން އަންނަ އެއްޗެކެވެ. ވީމާ ހިތުގައި އީމާންކަން އުފައްދައި އިތުރުކުރަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. އެކަން ޙާޞިލުވާނީ ކީރިތި ޤްރުއާނާއިމެދު ގާތްކަން ބެހެއްޓިވަރަކުންނެވެ. ސަމާލުކަން ދިންވަރަކުންނެވެ! ވީމާ އަހަރެމެންނަކީ ދިންނަވާނޭ ބައަކު ކަމުގައިވުމަސްޓަކައި ކީރިތި ޤުރްއާނާއި ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން