ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލް އާއި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލް އާއި ހަވާލުކޮށްފި

ށ. ފުނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.

މި މަޝްރޫޢުގެ ދަށުން ފުނަދޫގައި ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރެވި، ރަށުގެ ރައްޔިތުންނަށް ތަފާތު ގިނަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން މި ކޮމްޕްލެކްސްއަކީ އެކި ބާވަތުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެ މުހިންމު މަރުކަޒަކަށް ވެގެންދާނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ އަނެއް މުހިންމު މަޝްރޫޢެވެ. މި މަޝްރޫޢުގެ ސަބަބުން ށ. އަތޮޅުގެ ޒުވާނުންނަށާއި ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން