އެކަނިވެރި މައަކަށްވާންޖެހި ދަތިޙާލުގަ އުޅެންޖެހިއްޖެނަމަ އެޙާލަތުން ސަލާމަތްކުރައްވަވާނެކަން ޔަޤީން މަގު- އިން ޝާ ﷲ: ޝައިޚާ ޑރ. ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އެކަނިވެރި މައަކަށްވާންޖެހި ދަތިޙާލުގަ އުޅެންޖެހިއްޖެނަމަ އެޙާލަތުން ސަލާމަތްކުރައްވަވާނެކަން ޔަޤީން މަގު- އިން ޝާ ﷲ: ޝައިޚާ ޑރ. ހައިފާ ޔޫނިސް

ކައިވެނިތައް ރޫޅުން ގިނަވަމުން އަންނަކަމާއި އެކަނިވެރިމައިން ގިނަވަމުން އަންނަކަން އެއީ އެންމެންވެސް ޤަބޫލުކުރާ ކަމެކެވެ. އަހުރެން މިއުޅެނީ ފިރިހެނުން ނޫނީ އަންހެނުން ކުށްވެރިކުރާކަށް ނޫނެވެ. އެކަނިވެރިޙާލުގައިވާ މައިންނަށް ބަހެއް ބުނެލާށެވެ!

ދަތިޙާލެއްގައި އުޅެންޖެހިއްޖެނަމަ، ކުރިން އުޅުނު ތަނަވަސްކަން ހަނދާން ނައްތައިލާށެވެ. މިހާރު ޖެހިފައިވާ ޙާލުގައި އުޅެން މަސައްކަތްކުރާށެވެ! ،ިހާރު ލިބޭ މިންވަރުން ފުއްދާށެވެ. 

ކުރިން ކައި އުޅުނުތަކެތީގެ މަތިން ހަނދާން ނައްތައިލާށެވެ. ކުރިން ޖެއްސުވިނެޕީގެ މަތިންވެސް ހަނދާން ހަނއްތައިލާށެވެ. ދޮވެވޭ ފޮތިކޮޅަކުން ފުއްދައިލާށެވެ.  

ރިޒުޤަށް އެދިގެން ކުރެވެން އޮތް މަސައްކަތެއް ކުރާށެވެ! އަޅުކަންކުރުމާއި ދުޢާކުރުން ގިނަކުރާށެވެ! ލެއްވެވި ރަޙްމަތަށް ޝުކުރުވެރިވުމަކީ އެއީއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމަކީވެސް އެއީއެވެ. ﷲ ތަޢާލާ އަންގަވާފައި ގޮތުގައި ޘާބިތުވެއްޖެ މީހަކަށް ރަޙަމަތް ލައްވަވާނެކަން ވަޙީބަސްފުޅުން އެނގެން އެބައޮތެވެ.  

އެއާޔަތަށް ޔަޤީންކުރާ މީހަކަށް ރަޙްމަތް ލައްވަވާނެތެވެ. ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދެއްވަވާނެތެވެ. ފުދުންތެރިކަމާއި ތަނަވަސްކަންވެސް ދެއްވަވާނެތެވެ. ނަމަވެސް އެކަމަށް ޝައްކުނުކޮށް މިބުނި ފަދައިން ޢަމަލުކުރާ މީހަކަށެވެ.

 

- މަޢުލޫމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން