ހިކިކެއްސުމާ ކަރުހިރުވުމާ ނޭވައަށް އުނދަގޫކުރުން ފަދަ ބަލިތަކަށް ޝިފާ ލިބޭނެކަން ތަޖުރިބާއިން އެނގޭ ވަރަށް ލުއި ބުއިމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ހިކިކެއްސުމާ ކަރުހިރުވުމާ ނޭވައަށް އުނދަގޫކުރުން ފަދަ ބަލިތަކަށް ޝިފާ ލިބޭނެކަން ތަޖުރިބާއިން އެނގޭ ވަރަށް ލުއި ބުއިމެއް!

މިއަދުވެސް މިބުނެދެނީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ވަރަށް ފައިދާހުރި ފަރުވާއެކެވެ. 

ފުރަތަމަ ކަމަކަށް ތަށްޓަކަށް މާމުއިފޮދެއް އަޅާށެވެ. އެމީހަކަށް ފަސޭހައިން ބޮއިލެވޭނެ ވަރަކަށެވެ. ދެން އެއިގެ ތެރެއަށް ދެއިނގިލިކުރިން ހިފާފައި ލޮނުކޮޅެއް އަޅާށެވެ. ރަހަ ގަދަނުވާވަރަށް އިތުރުކުރެވިދާނެއެވެ. ދެން އެއިގެ ތެރެއަށް އެކަށީގެންވާ ވަރަށް ލުނބޯ ހުތްފެލައި ރަނގަޅަށް އެއްކޮށްލާށެވެ!  

ދެއިރު ބޭނުންކުރާށެވެ! ހިކިކެއްސުމާއި ކަރުހިރުވުމާއި ނޭވައަށް އުނދަގޫކުރުން (އެސްމާ) ފަދަ ބަލިތަކަށް ޝިފާ ލިބޭނެކަން ތަޖުރިބާއިން އެނގެއެވެ. ޢާންމުގޮތަކަށް ބުނާނަމަ ނޭވާލުމަށް ހުންނަ އުނދަގޫތައް ފިލައިގެންދާނެއެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން