ހެޔޮލަފާ އަންތބަކަށް މިމަގުން ހެޔޮކޮށްހިތާނަމަ އެހެން ފިރިހެނަކަށް ބަލާލަންވެސް ބޭނުމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ހެޔޮލަފާ އަންތބަކަށް މިމަގުން ހެޔޮކޮށްހިތާނަމަ އެހެން ފިރިހެނަކަށް ބަލާލަންވެސް ބޭނުމެއް ނުވާނެ!

ތިބާގެ އަނބިމީހާއަށް ހެޔޮކޮށްހިތައި ދޭންޖެހޭ ސަމާލުކަން ދޭށެވެ! އޭނާއަކީ ހެޔޮލަފާ އަންހެނަކު ނަމަ އިތުރު ފިރިހެނަކަށް ބަލައިލަންވެސް އޭނާ ބޭނުމެއް ނުވާނެއެވެ. އަބަދުވެސް ހުންނާނީ އިންތިޒާރީގައި ތިބާއަށްޓަކައެވެ.  

ހެޔޮކޮށް ހިތުމުގެ ތެރެއިން ކަންކަން ކޮށްދޭންވީ ތިބާގެ ގައިގައި ނެތްވަރަކުން ނޫނެވެ. ހުރިފެންވަރުންނެވެ. ހެޔޮލަފާ އަނބިން އެކަން އުފަލާއިއެކު ބަލައިގަންނާނެއެވެ. މަދުވެގެން ޝަކުވާއެއް ނުކުރާނެއެވެ.

ހެޔޮކޮށް ހިތުމުގެ މާނައަކީ ހަމައެކަނި އަނބިމީހާއަށް ބޭނުންވާ ކަންކަން ކޮށްދިނުންކަމަށް ހަދައި ނިންމައިނުލާށެވެ! ވަފާތެރިވުމާއި ލޯބިދިނުމާއި އަޅައިލުމާއި އެކުގައި ވަޤުތު ހޭދަކުރުމާއި މިހެންގޮސް އެއްވެސް ކަރަދެއް ކުރަންނުޖެހޭނެ މިބާވަތުގެ ހުރިހާ ކަންކަންވެސް ހިމެނެނީ ހެޔޮކޮށް ހިތުމުގެ ތެރެއިންނެވެ. 

ފަރުވާތެރިވެ ފާރަވެރިވާންވީ އަނބިމީހާ ގެއިން ބޭރަށް ނުކުމެދާނެތީއެއް ނޫނެވެ. އަނބިމީހާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށެވެ. ކުރިން މިބުނި މަގުން ހެޔޮކޮށް ހިތުމަށެވެ. އެގޮތަށް ކަންތައް ކުރެވޭނަމަ ހެޔޮލަފާ އަނބިންގެ ކިބައިން ލޯތްބާއި އަޅައިލުން އަބަދުވެސް ދާނީ އިތުރުވަމުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން