ދަރިން ނުބައި ބަސްތައް ބުނާއިރުވެސް މައިންބަފައިން ރައްދުނުދެނީ ކީއްވެކަން ވިސްނޭނަމަ ލަދުންވެސް އެފަދަ ބަހެއް ނުބުނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދަރިން ނުބައި ބަސްތައް ބުނާއިރުވެސް މައިންބަފައިން ރައްދުނުދެނީ ކީއްވެކަން ވިސްނޭނަމަ ލަދުންވެސް އެފަދަ ބަހެއް ނުބުނާނެ!: މުފްތީ މެންކް

ބައެއް ދަރިން ރުޅިއައިސް މައިންބަފައިންނަށް ނުބައި ބަސްތައް ބުނެއެވެ. ބުނަނީވެސް މަޑަކުން ނޫނެވެ. އެތައް ހިށާބު ދުރުގައި ތިބޭ މީހުންނަށްވެސް އަޑުއިވޭހައި ބާރަށެވެ! އެކަމަކުވެސް ގިނަ މައިންބަފައިން ރައްޖެއް ނުދެނެއެވެ.

ރައްދުނުދިނީމައި ދަރިން ހިތަށް އަރަނީ ބުނާނެ ބަހެއް ނުއެނގުނީ ކަމަށެވެ. ނުވަތަ އެމީހުންގެ ކުށް ބޮޑުކަމުން ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެގޮތަށް މެދުވެރިވާ ކަމެއް ނޫނެވެ. އެދަރިފުޅު ދެކެވެސް ވާލޯބި ބޮޑުކަމުން ބަހެއް ނުބުނެ ކެތްތެރިވަނީއެވެ.  

ޤަބޫލުކުރިޔަސް ނުކުރިޔަސް އެމީހަކު އިޚްލާޞްތެރިކަމާއިއެކު ލޯބިވާ މީހަކަށް ނުބައި އެއޗެއްސެއް ނުގޮވާނެއެވެ. ނުބައި ބަސްތަކެއް ނުބުނާނެއެވެ. އެކަންކަން ކުރާނަމަ އެމީހަކީ އަނެކާދެކެ ލޯބިވާ މީހެއް ނޫނެވެ. މިބުނި ޙާލަތުގައިވެސް މައިންބަފައިން ދައްކައި އެދެނީ އެކަމުގެ ހެއްކެވެ.  

ދެމަފިރިން އެކަކު އަނެކަކަށް ނުބައިބަސްތައް ބުނެ އެއްޗެތިގޮވާނަމަވެސް އެކަމުން އަންގައިދެނީ އަނެކާ ދެކެ ލޯބިނުވާކަމެވެ. ކުރިން މިބުނި ފަދައިން ލޯބިވާނަމަ އެފަދަ ބަސްތަކެއް ނުބުނާނެއެވެ. ނިކަން ބުނެބަލާށެވެ! ރުޅިއަންނައިރަށް ލޯބިނުވަފައި ރުޅިމަޑުވުމުން ލޯބިވެވޭނަމަ އެބުނެވެނީ ކީކޭހެއްޔެވެ؟ އެވަނީ ކިހިނެއް ހެއްޔެވެ؟ އެއީ ލޯބިވުމުގައި އޮންނަ ގޮތެއް ކަމަށް ޤަބޫލުކުރާނީ ކާކުހެއްޔެވެ؟  

ޔާ ﷲ! އަޅަމެންނަކީ މައިންބަފައިން ދެކެ ޙަޤީޤީ ލޯބިވާ ބައަކު ކަމުގައި ލައްވަވާނދޭވެ! އެބައަކު ދެކެ ލޯބިވާންޖެހޭ އެންމެން ދެކެ ލޯބިވާ ބައަކުވެސް ލައްވަވާނދޭވެ! އަޅަމެންގެ ދުލުން ނުބައި ބަސްތައް ބުނުމުގެ ފާފައިން އަޅަމެން ސަލާމަތްކޮސްދެއްވަވާނދޭވެ! ޢާމީން

 

- މަޢުލޫމާތު: މުފްތީ މެނކުގެ ދަރުސަކުން

މިއަދު އޮންލައިން