ހުޅުމާލެ މަގުތަކާއި ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒާއި ގޮނޑިފަދަ ތަކެތި، ނެގުމަށް ހަފްތާއެއްގެ މުހުލަތު ދީފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހުޅުމާލެ މަގުތަކާއި ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒާއި ގޮނޑިފަދަ ތަކެތި، ނެގުމަށް ހަފްތާއެއްގެ މުހުލަތު ދީފައިފި

ހުޅުމާލޭގެ މަގުތަކާއި ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒާއި ގޮނޑިފަދަ ތަކެތި ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަފްތާއެއްގެ މުހުލަތު ދީފިއެވެ.

އެޗްޑީސީން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެވިފައިވާ މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފިނަމަ، އެޗްޑީސީން އަމިއްލައަށް އެ ތަކެތި ނަގާނެއެވެ. އަދި މި މަސައްކަތުގައި އެ ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެކަމަށްވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން، މަގުތަކުގައި ޕޭވްމަންޓާއި ދުއްވާ ލޭނާ ދެމެދު ގަސް ހެއްދުމަށް ހަދާފައިވާ ހެޖުތަކުގައި ބިޔަކޮށް ހެދޭ ގަސް ނުޖެހުމަށްވެސް އެޗްޑީސީން ވަނީ އިރުޝާދު ދީފައެވެ. މިފަދަ ބިޔަ ގަސްތައް ޖެހުމުގެ ސަބަބުން ގަސްތަކުގެ މުލުގެ ސަބަބުން މަގުތަކުން ފެން ހިންދުމަށް ދަތިވުމާއެކު، މަގުތަކުގެ ޕޭވްމަންޓާއި ތާރުގަނޑު ހަލާކުވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި، މަގުތަކާއި ދުވާރުމަތީގައި ގަސް ހެއްދުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ޚިދުމަތް ދިނުން މަނާކޮށްފައި ވީނަމަވެސް، ގިނަ ފަރާތްތަކަކުން މިހާރުވެސް އެފަދަ ސަރަހައްދުތަކުގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ކާބޯތަކެތީގެ ވިޔަފާރިއާއި އެހެނިހެން ޚިދުމަތްތައް ދެމުން ގެންދެއެވެ.

މި ޙާލަތުގައި، ހިނގާބިނގާވެ އުޅޭ މީހުންނާއި މަގުތައް ބޭނުންކުރާ އެހެން ފަރާތްތަކަށް އެކަށީގެންވާ ވަރަށް ދަތިތައް ކުރިމަތިވަމުންދާކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. 

މިއަދު އޮންލައިން