ތަނަވަސްމީހާ އަނބިމީހާގެ ހިތްފުރެންދެން ކަންކަން ކޮށްދީފައިވެސް ހިތުގަ ޖައްސުވާނަމަ އެކުރެވެނީ އަނިޔާ! ދާނީ ފާފަވެރިވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތަނަވަސްމީހާ އަނބިމީހާގެ ހިތްފުރެންދެން ކަންކަން ކޮށްދީފައިވެސް ހިތުގަ ޖައްސުވާނަމަ އެކުރެވެނީ އަނިޔާ! ދާނީ ފާފަވެރިވަމުން!

އަހުރެން ފަށާނީ އަނބިންގެ ވާހަކައިންނެވެ. އެއީ ބައެއް އަނބިން ފިރިމީހާ ފެނުމުން ވަރަށް ލޯބިން އުޅެއެވެ. ކަންކަން ކޮށްދެނީވެސް ލޯބިންނެވެ. ނަމަވެސް ލޯމަތިން ފިރިމީހާ ގެއްލޭއިރަށް ޚިޔާނާތްތެރިވެ ބޭނުންހައި ގޮތަކަށް އުޅެއެވެ.  

ބުނަންހެއްޔެވެ؟ ކުރާ ކަންކަން ސިއްރުވެފައި އޮވެދާނެއެވެ. ނަމަވެސް ފިރިމީހާ ނަމަވެސް އަދި އަނބިމީހާ ނަމަވެސް މިބާވަތުގެ ކަންކަން ކުރާނަމަ އަނެކާއަށް ދާނީ އުނދަގޫތަކެއް އިޙްޞާބްކުރެވެމުންނެވެ. އެކަންވާނީ އަނެކާއަށް ދެވޭ ބޮޑު އަނިޔާއަކަށެވެ.  

ފިރިންގެ ކަންކަމަށްބަލާއިރު ބައެއް ފިރިންނަށް ހީކުރެވެނީވެސް ނުބައި ގޮތަކަށެވެ. "އަނބިމީހާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދީފައިވާނަމަ އެ ނިމުނީއެވެ. އޭނާގެ ހިތުގައި ޖެހޭނެ ކަންކަން ކުރަންވެސް ހުއްދަވާނެއެވެ. ބޭނުންހައި ގޮތަކަށް އުޅުމަކީވެސް މައްސަލައެއް ނޫނެވެ."  

މިއީ ވަރަށް ބޮޑުކުށްހީއެކެވެ. ތަނަވަސްކަންހުރިވަރަކުން ދިރިއުޅުމުގެ ކަންކަން ފުރިހަމަކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އެވާޖިބު އަދާކުރިނަމަވެސް ތެދުވެރިވުމާއި ވަފާތެރިވުމާއި އޯގާތެރިވުމާއި އަޅައިލުމާއި އެހީތެރިވުމަކީ ވެސް ހަމަ އަދާކުރަންޖެހޭ ވާޖިބުތަކެވެ.  

އަހުރެންގެ މިބަސްކޮޅު ނޯޓުކޮށްލައިގެންވެސް ސަމާލުކަން ދޭށެވެ!  

"ޙަޔާތުގެ ބައިވެރިޔާގެ ވާޖިބުތައް އަދާކޮށްދީފައިވުމަކީ އަނބިމީހާއަށް/ފިރިމީހާއަށް އަނިޔާވެރިވާން ހުއްދަ ލިބޭ ސަބަބެއް ނޫނެވެ. އަދި ބޭވަފާތެރިވާން ހުއްދަ ލިބޭ ސަބަބެއްވެސް ނޫނެވެ.  

އަނިޔާ ލިބޭ ބައިވެރިޔާގެ ދުޢާއަށް ބިރުވެތިވާށެވެ! ކިތަންމެ ސިއްރުން ކުރި ނަމަވެސް އިންސާނުން ކުރާ ހުރިހާކަމެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ކޮންމެ ވަގުތަކުވެސް އަނިޔާވެރިޔާގެ މައްޗަށް ކޯފާ ބާވައިލައްވައިފާނެ ކަމަށް ބިރުވެތިވާށެވެ!"

 

- މުފްތީ މެންކްގެ ދަރުސަކުން  

 

މިއަދު އޮންލައިން