އަހުރެންގެ 60 އަހަރުވީ މަންމަގެ ހުޅުތައް ދުޅަވުމާ ހުޅުތަކާ ކަށީގެ ރިހުން ފިލުވައިލަދިން ފަސޭހައިން ތައްޔާރުކޮށްލެވޭ ލުއި ބުއިމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަހުރެންގެ 60 އަހަރުވީ މަންމަގެ ހުޅުތައް ދުޅަވުމާ ހުޅުތަކާ ކަށީގެ ރިހުން ފިލުވައިލަދިން ފަސޭހައިން ތައްޔާރުކޮށްލެވޭ ލުއި ބުއިމެއް!

އަހުރެން މިބުނެދެނީ މީހަކު ބުނެދިން ވާހަކައެއް ނޫނެވެ. އަހުރެންގެ 60 އަހަރުވީ މަންމަ އެބުއިން ބޭނުންކުރީ މަންމަގާތުގައި މީހަކު ބުނެގެންނެވެ. ނަމަވެސް އަހުރެން މިބުނެދެނީ މަންމަގެ ތަޖުރިބާއަށް ބަލައިގެންނެވެ. އަހުރެންގެ މަންމައަކީ ހުޅުތަކުގައާއި ކަށީގައި ރިއްސާތީ ހިނގަން އުނދަގޫވެގެން އުޅުނު އަންހެނެކެވެ.  

މަންމަ ބުއި ބުއިން:  

މިކްސަރަކަށް ފެންއަޅައި ފިޔައާއި ދޮންކޭލާއި ރީނދޫ އަޅައި މިކްސަރުން ގިރައިލަނީއެވެ. ރަހަ ހެޔޮވަރުކުރަން އެކިދުވަހު އެކިވަރަށްވެސް އަޅައެވެ. ޢާންމު ގޮތެއްގައި ބޮޑު ރަތްފިޔައަކާއި އާދައިގެ ދެވައް ދޮންކޭލާއި ކުޑަސަމުސަލުގެ ނަމަ 3 ސަމުސާވަރު މުގުރި ރީނދޫ އެޅުމުން އެހުރީ ބަރާބަރަށެވެ. ބޭނުންކުރުން ރަނގަޅީ ހުސްބަނޑާހުރެއެވެ.  

މަންމަ މިހާރުވެސް ޢާންމުކޮށް މިބުއިން ބޭނުންކުރެއެވެ. ހުޅުތައް ދުޅަވުމާއި ހުޅުތަކާއި ކަށީގައި ރިހުން މިހާރު ފިލައިފިއެވެ. މިބުއިމަކީ މިނޫންވެސް ގިނަ ޞިއްޙީ ފައިދާތަކެއް ލިބޭ ބުއިމެކެވެ. އެއިގެތެރޭގައި ތަފާތު ތަކަށް ފަރުވާ ލިބުމުގެ އިތުރުން ލޭހިނގަން ފަސޭހަވެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބުންވެސް ހިމެނެއެވެ.  

މަންމައަށް މިޖެހުނު ކަންތައްތަކަކީ ގިނަ ބައަކު ވަރަށް އަގުބޮޑު ބޭސްތައް ކައި ފަރުވާ ހޯދާ ކަންކަމެވެ. މަންމަވެސް ކުރިން ބޭސްތައް ކެއެވެ. އެކަމަކު މިހާރު އެކަންކަމަކަށް އެއްވެސް ބޭހެއް ކާކަށް ނުޖެހެއެވެ. އެހެންވެ ހަމަ އެންމެންނަށްވެސް އަންގާލަން ބޭނުންވީއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

މިއަދު އޮންލައިން