ދީނުގެ އެންމެ އަސާސީ ކަންކަމުގައިވެސް ބައެއް މީހުން ސުވާލުކުރެއެވެ. އެއީ މައްސަލައެއް ނޫނެވެ. އޮތީ އުފާކުރުމެވެ. ސަބަބަކީ އެކަމުން އެނގޭ އެއްކަމަކީ ކުރިން އޭނާ އެކަންކަން ދަސްކުރަން ސަމާލުކަން ނުދިންނަމަވެސް މިހާރު ސަމާލުކަންދޭކަމެވެ. ވީމާ އޭނާއަށް އެވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. އުފާކުރަންޖެހޭ ކަމެއްކަމަށް މިބުނަނީ އެހެންވެގެންނެވެ.
ސުވާލު: ދެމަފިރިން އެއްދާންކޮށް ނިމި ޖުނުބުގެ ހިނެއިން ހިނައި ނުގަނެވެނީސް ޙައިޟުވީއެވެ. އެހާލަތުގައި ޢަމަލުކުރާނީ ކިހިނަކުންތޯ؟
ޖަވާބު: ޖުނުބުގެ ހިނެއިން އަވަހަށް ހިނައިގަންނާށެވެ. ޙައިޟުގެ ހިނެއިން ހިނައިގަންނާނީ ތާހިރުވުމުންނެވެ. ހައިޟުގެ މުއްދަތުގައިވެސް ޛިކުރުކުރުމާއި ދުޢާކުރުމާއި ހިނައި ނުގަނެ ކުރުން ހުއްދަ ހެޔޮ ޢަމަލުތައްކުރަންވީއެވެ.
- ޖަވާބުދެއްވީ: ޝައިޚް އާދަމް ނިޝާން