ތިމާގެ ހިތާ ދިރިއުޅޭތަން ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށް ރައްކައުތެރިކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ތިމާގެ ހިތާ ދިރިއުޅޭތަން ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށް ރައްކައުތެރިކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް! އިން ޝާ ﷲ

އިންސާނުންގެ ލޭތެރޭގައި ޝައިޠޯނާއަށް ދަތުރުކުރެވުނަސް އެއްވެސް މީހެއްގެ ހިތަށް ބާރުހިންގުމުގެ ކުޅަދާނަކަމެއް ނުލިބޭނެއެވެ. މިއީ ގިނަ ބައަކަށް އޮޅުންއަރާ ކަމަކަށްވާތީ މިކަންކަން ހިނގާ ގޮތާއި ސަލާމަތްވެވޭނެގޮތް ކިޔައިދޭނަމެވެ. އިން ޝާ ﷲ 

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހަކު ހުއްދަ ނުދިންނަމަވެސް ނުވަތަ ނުވެއްދި ނަމަވެސް އެމީހާގެ ހިތުގެ ތެރެއަށް ޝައިޠާނާއަށް ވަދެވޭނެ ކަމަށެވެ! އެއީ ކުށް ހީއެކެވެ. އެއްވެސް މީހެއްގެ އިޒުނަ ޢާއި ނުލައި އެމީހެއްގެ ހިތުގެ ތެރެއަކަށް އިބިލީހަކަށް ނުވަދެވޭނެއެވެ! ވީމާ ހިތުގެ ތެރެއަށްވެސް އަދި ގެދޮރަށްވެސް ޝައިޠޯނާ ވެއްދުމާ ނުވެއްދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. 

އިބިލީސް އައިސް ހިތުގެ ދޮރުގައި ޓަކިޖަހާނެއެވެ. މޮޅު މަންޒަރުތައްވެސް ދައްކާނެއެވެ. އެކަންކަމަށް ތިބާ ހެއްލި ހިތުގެ ދޮރު ނުހުޅުވައިފިނަމަ އިބިލީހަށް ހުންނަން ޖެހޭނީ ހަމަ ނުވަދެވި ބޭރުގައެވެ. ނަމަވެސް ވަނުމުގެ ކިތަންމެ ކުޑަ ފުރުޞަތެއް ދިންނަމަވެސް ވަދެ މުޅި ހިތަށް ވެރިވެގަންނާނެއެވެ. އަދި އިބިލީސް ބޭނުންވާ ގޮތަށް ހިތުގެ ހުރިހާ ކަންކަން ތަރުތީބުކުރާނެއެވެ. 

ޝައިޠާނާ މީހެއްގެ ހިތަށް ވެރިވެގެންފިނަމަ އެމީހަކު ކުރިން ނަފްރަތުކުރި ކަންކަމަށް ލޯބި ޖައްސުވާނެއެވެ. ލޯބިކުރި ކަންކަމަށް ނަފްރަތުކުރުވާނެއެވެ. މާނައަކީ އެމީހަކީ ކުރިން ތަޤްވާވެރިއެއްނަމަ އެކަން ބަދަލުކޮށްލުވާނެއެވެ. ދީނުގެ ކަންކަމާއި ދުރުހެލިކުރުވާނެއެވެ. ކުރިން ކުރަން ބިރު ގަތް ފާފަތަކަށް އަރައިގަތުމަށް ލޯބި ޖައްސުވާނެއެވެ. 

ޝައިޠާނާ ގެއަށް ވައްދަނީވެސް ހަމަ މީސްތަކުންނެވެ! ގެއަށް ވަންނަމުން ޛިކުރު ކިޔާނަމަ ނުވަދެވޭނެއެވެ. ހަމައެފަދައިން އަޢޫޛް ކިޔަމުން ގެންދާނަމަ ޝައިޠާނާއަށް ތިބާގެ ހިތު ތެރެއަކު ނުހުރެވޭނެއެވެ. ޖެހޭނީ ނުކުމެގެންދާށެވެ. ވީމާ ހިތުގެ ތެރެއަށް އިބިލީސް ވައްދުވަނީވެސް އަދި ހިތުގެ ތެރޭގައި އިބިލީސް ގެންގުޅެނީވެސް އަމިއްލަ އަށެވެ. ނުހަނު ފަސޭހައިން ބޭރުކުރެވެން އޮއްވައެވެ.

ފުރިހަމަ އީމާންކަން މަތީގައި ހުންނަން ބޭނުންނަމަ އަބަދުވެސް ޝައިޠާނާ ފައްސައި ބޭރުކުރަމުން ގެންދާށެވެ! ހިތުގައި އީމާންތެރިކަން ވަރުގަދަކުރި ވަރަކަށް ﷲ ތަޢާލާ އެކަމަށް މަގުފަހިކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

 

--ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން