ދަރިންނަށް ކޮންމެ ދުވަހަކު އިއްވަން ޖެހޭ އަޑުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދަރިންނަށް ކޮންމެ ދުވަހަކު އިއްވަން ޖެހޭ އަޑުތައް!

ތިމާމެންނަށް ލިބިފައިވާ ދަރިންނަކީ ވީހާ މޮޅު، ތޫނުފިލި، އަޚްލާޤް ރަނގަޅު ކުދިން ކަމަށް ހަދަން ބޭނުން ނުވާނެ އެކަކުވެސް ނުހުންނާނެއެވެ. އެހެންކަމުން މިފާހަގަކޮށްލަނީ އެކަމަސް އެދިގެން ކުރަން ވަރަށް ފައިދާހުރި ކަންކަމެވެ.   

ދަރިންނަކީ ތޫނުފިލި މޮޅު ކުދިން ކަމުގައި ހަދަން ބޭނުންނަމަ ކޮންމެ ދުވަހަކުވެސް ދަރިންނަށް 9 އަޑެއް އިއްވަން ޖެހެއެވެ. އެއީ: 

1 ދަރިފުޅުދެކެ ވަރަށް ލޯބިވަމެވެ.

2 ދަރިފުޅު މޮޅު ކުއްޖަކަށްވާން މަސައްކަތްކުރާތީ ވަރަށް އުފާވެއެވެ.

3 ދަރިފުޅު ބަސްއަހައިގެން އުޅޭތީ ވަރަށް އުފާވެއެވެ.

4 ދަރިފުޅު މޮޅުކަންކަން ކުރާތީ ދަރިފުޅަށާއިމެދު ފަޚުރުވެރިވަމެވެ.

5 މަންމަ/ބައްޕަ އަބަދުވެސް ދަރިފުޅަށް ޚާއްޞަކަން ދެމެވެ.

6 ދަރިފުޅަށް އިތުބާރުކުރަމެވެ.

7 ދަރިފުޅު ދައްކާ ވާހަކަ ޤަބޫލުކުރަމެވެ.

8 ދަރިފުޅަށް ތިއަ ކަންތައް ކުރެވޭނެކަން މަންމަ/ބައްޕަ ޔަޤީން ކުރަމެވެ.

9 ދަރިފުޅަށް ޝުކުރު އަދާކުރަމެވެ. 

ފާހަގަ މިކުރި ބަސްތައް އިއްވަންވީ އެކަމެއްގެ ވަގުތުގައެވެ. މިފަދަ ބަސްތައް ދަރިންނަށް އަޑު އިއްވާނަމަ، ދަރިން ގާތު ބުނާނަމަ ދަރިންނާއި މައިންބަފައިންގެ މެދުގައި ލޯބި ދާނީ އިތުރުވަމުންނެވެ. ގުޅުން ދާނީ ބަދަހިވަމުންނެވެ. އިތުބާރުވެސް ދާނީ ބޮޑުވަމުންނެވެ. 

ދެމަފިރިން އެކަކު އަނެކެއްގެ ކިބައިން ހެޔޮ ބަސްތަކާއި ތަޢްރީފާއި ޝުކުރުގެ ބަސްތައް އަޑުއަހަން ބޭނުންވާ ފަދައިން ދަރިންވެސް ހަމަ އެ އަޑުތައް މައިންބަފައިންގެ ކިބައިން އަޑުއަހަން ބޭނުންވާނެއެވެ. ހަމަ އެއާއިއެކު ދެމަފިރިންވެސް ދަރިންނަށް އަޑު އިއްވައި މިފަދަ ބަސްތައް އެކަކު އަނެކަކަށް ބުނާށެވެ! އެއީ ދަރިން އެންމެ އުފާވާނެ އެއްކަންތަކެވެ. 

މިކަންކަމަށް ސަމާލުކަން ދޭނަމަ ދަރިންގެ ވިސްނުން ތޫނުވާނެއެވެ. ހުޝިޔާރުވެސްވާނެއެވެ. ކަންކަން ކުރުމުގައި ފަރުވާތެރިކަންވެސް އިތުރުކުރާނެއެވެ. 

މިއަޑުތަކަކީ ކޮންމެ ދުވަހަކު އިއްވަން ޖެހޭ އަޑުތަކެއް ކަމަށް ބުނެފައި އެވަނީ މިއީ ކޮންމެ ދުވަހެއްގެ ވެސް ޢާންމު ދިރިއުޅުމާއި ސީދާ ގުޅިފައިވާ ކަންކަމުގެ އަޑުތައް ކަމުގައިވާތީއެވެ.

 

- ޑރ. އިވާން ސިޑްގް

 

މިއަދު އޮންލައިން