މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމު ފަށައިފި

ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމު" މިއަދު ވަނީ ފަށައިފައެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ހިންގާ މި ޕްރޮގްރާމަކީ ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މި ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ މިއަހަރު އެމްއެމްއާރްއައި އިން ހިންގާ މިބާވަތުގެ ދެވަނަ ޕްރޮގްރާމެވެ.

15 ބައިވެރިންނާއެކު ފެށިފައިވާ މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ. ޕްރޮގްރާމުގެ މުއްދަތުގައި ބައިވެރިން ތިބޭނީ ކ. މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރަންޖެހޭ ދަތުރުތަކުގެ އިތުރުން ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނީ މެރިން ރިސަރޗް އިންސްޓިޓިއުޓުންނެވެ.

މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމުގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން ހަތަރު ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ހިމެނެއެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ދާއިރާ ތަރައްޤީކޮށް، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން