ރާއްޖެއާއި މިޞްރާއި ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖެއާއި މިޞްރާއި ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި މިޞްރު ޖުމްހޫރިއްޔާއާ ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުމަކީ 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި މިދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކުރެވުނު މަސައްކަތްތައް ރަސްމީކޮށް ކަށަވަރުކޮށްދޭ އެއްބަސްވުމެއްކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު މިޞްރަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ޑރ. ޚަލީލު ވަނީ މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދެލަތީއާ ބައްދަލުކުރައްވާފައެވެ.

ދެ ވަޒީރުންގެ ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދުވަސްވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ، "މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން" ފާހަގަކުރެއްވިއެވެ. އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދެޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ސިޔާސީ ދާއިރާއިން އިތުރު ތަރައްޤީއާއި ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށްވެސް ބެލެވެއެވެ.

މިއަދު އޮންލައިން