ތިބާގެ ނަން ބަޔާންކޮށް ތިބާއަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތަށް އެންމެ ގިނައިން ދުޢާކުރަނީ ކާކުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިބާގެ ނަން ބަޔާންކޮށް ތިބާއަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތަށް އެންމެ ގިނައިން ދުޢާކުރަނީ ކާކުކަން އެނގޭތަ؟

ފުރަތަމަ ނިކަން ބުނެބަލާށެވެ! އެމީހެއްގެ ނަން ބަޔާންކޮށް އެމީހަކަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރާ މީހަކަށްވުރެ އެމީހަކު ދެކެ ލޯބިވާ މީހަކު ހުންނާނެ ހެއްޔެވެ؟ ނުހުންނާނެކަން ޔަޤީނެވެ. 

ތިބާގެ ނަން ބަޔާންކޮށް ތިބާއަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތަށް އެންމެ ދުޢާކުރަނީ ކާކުކަން އެނގޭހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމީހަކީ ތިބާގެ މަންމައެވެ. 

ދެން ނިކަން ބުނެބަލާށެވެ! މަންމައަށް ހެޔޮކޮށް ނުހިތާނަމަ ތިބާވާނީ ކޮންކަހަލަ މީހަކަށް ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ރަނގަޅު މީހަކަށް ނުވާނެއެވެ. އިންޞާފަށް ލޯބިކުރާ މީހަކަށްވެސް ނުވާނެއެވެ. 

އަނބިމީހާގެވެސް އަދި ފިރިމީހާގެވެސް ހެޔޮ ދުޢާ ތިބާއަށް ލިބޭނީ ތިބާއާއި ރުހިގެން ތިބާއާއިއެކުގައި ހުރިނަމައެވެ. އެއީ ކޮންމެ ވަޤުތަކުވެސް ކިތަންމެ ކުޑަކުޑަ ކަމަކާއިހުރެވެސް ނުރުހިދާނެ މީހެކެވެ. އަދި ކޮންމެ ވަޤުތަކުވެސް ތިބާއާއި ވަކިވެގެން ހިނގައިދާނެވެސް މީހެކެވެ. 

ނަމަވެސް މަންމަ ދުނިޔޭގައި އިންހައި ދުވަހު އިންނާނީ ތިބާއާއިއެކުގައެވެ. ތިބާއަށްޓަކައި ހެޔޮދުޢާކުރުންމަތީގައެވެ. ވީމާ އެސަބަބަށްޓަކައިވެސް މައިންނަށް ހެޔޮކޮށް ހިތާށެވެ! އަޅާއި އެހީތެރިވެދީ ލޯބިދޭށެވެ!

ވަރަށް ކުޑަކުޑަ ވަރަށް އާދައިގެ ގޮތަކަށް އަހުރެން މިބަޔާންކުރީ މައިމީހާއަށް ހެޔޮކޮށް ހިތައި އަޅައިލާންޖެހޭ ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތަކެވެ. ވިސްނައި ޢަމަލުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން