މާފަންނު ސަރަހައްދުގައި ސައިކަލަކަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ހޯދަމުންދާ މީހަކާ ބެހޭ މައުލޫމާތު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މިމައްސަލައާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ، މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ހޯދަން ބޭނުންވާ ފަރާތަކީ އަދި ކާކުކަން ދެނެގަނެވިފައިނުވާ މީހެއް ކަމަށެވެ.
މި މައްސަލައިގައި ހޯދަމުންދާ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތްތަކުން އެ މައުލޫމާތު މާފަންނު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9660183 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
މިފަދަ މައްސަލަތައް ތަހުގީގުކޮށް ހައްލުކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރަމުން، މި މައްސަލައިގައިވެސް ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން އެދިފައިވެއެވެ.