އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
ގަލޮޅު ޕޮލިސް
އޮކްޓޫބަރު 15 ވަނަ ދުވަހު ލޮނުޒިޔާރަތްމަގު އިލާ ފިހާރަ ކައިރީގައި ހުރި ސައިކަލެއްގައި އަޅުވާފައި ހުރި ވެރިއަކު ނެތް ކޮތަޅެއް. (ކޮތަޅުގައި، ކިއުޓް ކްރެބް ދެ ފޮށި) އިންސިޑެންޓް ނަންބަރު 657894
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް
އޮކްޓޫބަރު 12 ވަނަ ދުވަހު ހިޔާ ޓަވަރު 8 ގެ 7 ވަނަ ފަންގިފިލާ ޔުޓިލިޓީ ބޮކްސް ތެރެއިން ފެނިފައިވާ ވެރިއަކު ނެތް ދެ ސްޕީކަރު. އިންސިޑެންޓް ނަންބަރު 658620
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.