ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން މިއަދު ބޭއްވި ޕިންކް ރިބަން ރަން-ވޯކް އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި އަހަރުގެ ޕިންކް ރިބަން ރަން ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިތުރުން 32 ރަށެއްގަޔާއި 3 ރިސޯޓުގައިވެސް ބާއްވާފައިވެއެވެ. މި އިވެންޓަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ސީއެސްއެމް އިން ބާއްވާ ހަރަކާތެކެވެ. ސީއެސްއެމް އިން ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށާއި، ކެންސަރު ބައްޔަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީ ފޯރުކޮށްދިނުމަށް އެކި ހަރަކާތްތައް ހިންގައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ޕިންކް ރިބަން ރަން-ވޯކް ބޭއްވުމަށް އެހީތެރިވަމުންނެވެ. އަދި ސީއެސްއެމްގެ އެކި ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައި ވެއެވެ.