55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގެ ދަށުން މިމަހު 35 ކައުންސިލެއްގެ ޢަމަލީ މަސައްކަތް ފަށާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގެ ދަށުން މިމަހު 35 ކައުންސިލެއްގެ ޢަމަލީ މަސައްކަތް ފަށާނެ: ވަޒީރު

55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގެ ދަށުން މިމަހު 35 ކައުންސިލެއްގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ، 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގެ ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ސިޔާސަތުގެ ދަށުން ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް އާރާސްތުކުރުމަށް މި ދައުރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގައި ކައުންސިލް ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. އަދި މީގެ އިތުރުން، އިތުރު 50 ކައުންސިލެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކެއްގެ ކައުންސިލް އިދާރާތަކަށް އާ ޢިމާރާތްތަކެއް ލިބި، ރަށު ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން