ދަރިފުޅަށްޓަކައި ކުރަން ފައިދާހުރި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދަރިފުޅަށްޓަކައި ކުރަން ފައިދާހުރި ދުޢާއެއް!

ދަރިންނަށްޓަކައި ކުރަން ފައިދާހުރި ދުޢާއަކަށް އެދޭ މައިންބަފައިންނަށް މިގެނެސްދެނީވެސް ކުރަން ފައިދާހުރި ދުޢާއެކެވެ! އިން ޝާ ﷲ  

ޔާ ﷲ! އިނބަ ﷲ އީ މީސްތަކުންގެ އަޑު އައްސަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. މީސްތަކުން ކުރާ ދުޢާ ޢިޖާބްކުރެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ!  

ޔާ ﷲ! މިއަޅާގެ ދަރިފުޅަކީ އިނބަ ﷲ އަށް ބިރުވެތިވާ ކިޔަމަންތެރި އަޅަކު ކަމުގައި ލައްވަވާނދޭވެ! ޝައިޠޯނާގެ ނުބައިކަމުން މިއަޅާގެ ދަރިފުޅަށް ސަލާމަތްކަން ދެއްވަވާނދޭވެ!  

ޔާ ﷲ! މިއަޅާގެ ދަރިފުޅަކީ ޢިލްމް އުނގެނުމަށް ޝައުޤުވެރިވެ ޢިލްމް އުނގެނެން މަސައްކަތްކުރާ ދަރިއަކު ކަމުގައި ލައްވަވާނދޭވެ! ޢިލްމް އުނގެނެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން މިއަޅާގެ ދަރިފުޅުގެ ހިތުގައި އިތުރުކޮށް ދެއްވަވާނދޭވެ! 

ޔާ ﷲ! މިއަޅާގެ ދަރިފުޅަކީ މިއަޅާ މަރުވުމުން މިއަޅާއަށްޓަކައި ހެޔޮދުޢާކޮށްދޭނެ އަޚްލާޤް ރަނގަޅު، ތަޤްވާވެރި ދަރިއަކު ކަމުގައި ލައްވަވާނދޭވެ! އަދި މިއަޅާ އާއި މިއަޅާގެ ދަރިފުޅު އެކުގައި ސުވަރުގޭގައި ލައްވަވާނދޭވެ! އާމީން   

މިފަދަ ދުޢާތަކުގެ ފައިދާ ކުރާނީ ދުޢާގައިވާ ކަންކަން ޙާޞިލުކުރަން މަސައްކަތްކުރާނަމައެވެ. މިޘާލަކަށް ދަރިފުޅަކީ ތަޤްވާވެރި ކުއްޖަކަށް ހެދުމަށް މަސައްކަތްކުރުމާއިއެކު ދަރިފުޅަށް ކިޔަވައިދޭން މަސައްކަތްކުރުމެވެ. ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކުރުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން