ކީރިތި ޤުރްއާނުގައިވާ މިދުޢާތަކަކީ ކޮންމެ މީހަކުވެސް އެމީހާގެ އަމިއްލަ ނަފްސަށް ކުރަން ފައިދާހުރި ދުޢާތަކެއް!

ކިޔުމަށް ހޭދަވާނީ 5މ 7ސ
ކީރިތި ޤުރްއާނުގައިވާ މިދުޢާތަކަކީ ކޮންމެ މީހަކުވެސް އެމީހާގެ އަމިއްލަ ނަފްސަށް ކުރަން ފައިދާހުރި ދުޢާތަކެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

މިއަދު އަޅުގަނޑުމެން މިދައްކަނީ ދަރިން ގޯސްވާ ކަމުގެ ވާހަކައެވެ. އެވާހަަކދައްކާއިރު އެންމެ ކުޑަމިނުން ދަރިއަކު ދެއްވެވުން އެދިގެން ދުޢާކުރާއިރު ޞާލިޙް ދަރިއަކު ދެއްވެވުމަށް އެދެވޭ ހެއްޔެވެ؟ ދަރިއަކު ލިބުމުން އެދަރިފުލަކީ ޞާލިޙް ދަރިއަކު ކަމުގައި ހެދުމަށް މަސައްކަތްކުރެވޭ ހެއްޔެވެ؟  

· ޞާއްފާތު ސޫރަތުގެ 100 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

رَبِّ هَبْ لِي مِنَ الصَّالِحِينَ ‎﴿١٠٠﴾‏

މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالح ންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ! (100)"   

އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެކަލޭގެފާނުގެ ފާފަ ފުއްސެވުމަށާއި، ޤިޔާމަތް ދުވަހު ސުވަރުގޭގެ ޞަޙާބީންގެ ތެރޭގައި ހިމެނުމަށް އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ.  

· ޝުޢަރާ ސޫރަތުގެ 83 ވަނަ އާޔަތުން 89 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ ‎﴿٨٣﴾‏ وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ ‎﴿٨٤﴾‏ وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ ‎﴿٨٥﴾‏ وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ ‎﴿٨٦﴾‏ وَلَا تُخْزِنِي يَوْمَ يُبْعَثُونَ ‎﴿٨٧﴾‏ يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ‎﴿٨٨﴾‏ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ ‎﴿٨٩﴾‏

މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް علم އާއި، ވިސްނުން ދެއްވާނދޭވެ! އަދި صالح ންގެތެރެއިން މިއަޅާ ލައްވާނދޭވެ! (83) ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ثناء ލައްވާނދޭވެ! (84) އަދި نعمة ގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ! (85) އަދި މިއަޅާގެ ބައްޕާއަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އޭނާވަނީ މަގުފުރެދުނު މީހުންގެ ތެރެއިންނެވެ. (86) އަދި އެއުރެން (އެބަހީ: މީސްތަކުން) محشر އަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ! (87) އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. (88)" 

· މުމްތަޙިނާ ސޫރަތުގެ 4 އަދި 5 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ ‎﴿٤﴾‏ رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ‎﴿٥﴾‏

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. (4) އަޅަމެންގެ ވެރިރަސްކަލާކޮ! كافر ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (5)"

 

- އިބްރާހީމް އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ކުރެއްވި ދުޢާތައް-

 

މިއަދު އޮންލައިން