ދަރިން އަތުއަޅުވާލަން ގެއަށް ވަންނަ ޝައިޠޯނުންގެ ނުރައްކާ މިހަރުފަތަކަށްވުރެ މާބޮޑު! މިކުކުޅުގެ ކިބައިން ޢިބްރަތް ޙާޞިލުކުރަން މައިންނަށް އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ދަރިން އަތުއަޅުވާލަން ގެއަށް ވަންނަ ޝައިޠޯނުންގެ ނުރައްކާ މިހަރުފަތަކަށްވުރެ މާބޮޑު! މިކުކުޅުގެ ކިބައިން ޢިބްރަތް ޙާޞިލުކުރަން މައިންނަށް އެބަޖެހޭ!

އެކިއެކި ޢިބްރަތްތެރި ދަރުސްތަކާއި ގުޅުވައިގެން މިވީޑިއޯ ވާނީ މީގެ ކުރިންވެސް ގެނެސްދީފައެވެ. މިފަހަރުވެސް މިގެނެސްދެނީ އަގުހުރި ނަޞީޙަތުގެ ބަސްކޮޅަކާއި ގުޅުވައިގެންނެވެ. އެނަބީޙަތަކީ: 

އެނަޞީޙަތަކީ މިވީޑިއޯގައި ކުކުޅު ކުރިމަތިލަނީ އޭތީގެ ދަރިންކޮޅު (ފިޔޮއްތައް) އަތލައިގަންނަން އަންނަ ހަރުފަތަކާއެވެ. ފެނިގެންދާނީ ފިޔޮއްކޮޅު ބަނޑުދޮށުލައިގެން އޮވެ ހަރުހަފަތަކާއި ކުމަތިލައި ކާމިޔާބުކުރާތަނެވެ. 

އަހުރެމެންގެ އަންހެން ދަރިންނާއިމެދު ވިސްނަންވީ އެފިޔޮއްތައް ފަދައިންނެވެ. އަންހެން ދަރިން އަތުއަޅުވާލައި މަގުފުރައްދުވައި އެދަރިން ލައްވައި ފާހިޝް ޢަމަލުތައް ކުރުވަން ލޯބިވެރިންގެ ނަމުގައި ގެއަށް ވަދެއުޅޭ މީހުންނާއިމެދު ދެކެންވީ އެހަރުފަތައް ފަދައިންނެވެ. މައިން މަސައްކަތް ކުރަންވީ ކުކުޅު އޭތީގެ ދަރިންކޮޅު ޙިމާޔަތްކުރަން މަސައްކަތްކުރާ ފަދައިން މިބުނި ފަދަ ހަރުފަތަކުގެ ކިބައިން ދަރިން ސަލާމަތްކުރަން މަސައްކަތްކުރަން މައިންނަށް ޖެހިފައިވާ ކަމެވެ. 

ގުޅުންހުރި ލިޔުމާއި ވީޑިއޯ:  

ވިސްނަވާށެވެ! ކުކުޅަކީ އެއިގެ އަމިއްލަ ޒާތުގައި އެހައި ވަރުގަދަ އެއްޗެއްވެސް ނޫނެވެ. އެކަމަކު ކެރިގެން ކުރިމަތިލައި އެބަލިކުރަނީ އެތައް ބައިވަރު ހަރުފަތަކެވެ. އެއިގެ ދަރިންތައް (ފިޔޮއްތައް) ހިނދުކޮޅަކަށްވެސް ބަނޑުދޮށަކުން ނުނެރެއެވެ. ހަރުފަތަކަށް ޙަމަލާދެމުން ގެންދިއައީ ދަރިންކޮޅު ބަނޑުދޮށުލައިގެން އިނދެއެވެ. 

- މިވީޑިއޯއިން އަމިއްލަ ދިރއުޅުމަށް ފައިދާކުރާނެ ވިސްނުން: 

ފުރަތަމަ ޢިބްރަތް:

އެންމެ ކުކުޅަކަށްވުރެ އެތައް ބައިވަރު ހަރުފަތަކެއް ބަލިކަށިކުރައްވަވަން ﷲ ތަޢާލާ ކުޅަދުންވަންތަކަން! 

ދެވަނަ ޢިބްރަތް:

އެކުކުޅުގެ ދަރިން (ފިޔޮއްތައް) ސަލާމަތްކުރަން ކުކުޅު ސާބިތުކަމާއިއެކު ކުރި މަސައްކަތް-

-ކުކުޅު ބޭނުންނަމަ ފިޔޮއްތައް ދޫކޮށްލާފަ އުދުހިފަ ގޮސް ހަރުފަތަކުން ސަލާމަތްވެވޭނެ.

- ރަޙުމާ ކުލުނާ ބުއްދި ދެއްވީމަ ބައެއް މީހުންނަށް ދަރިންނާމެދު ޢަމަލުކުރެވޭ ގޮތް. 

ތިންވަނަ ޢިބްރަތް:

- ކެރިގެން ސާބިތުކަމާއިއެކު ކުރިމަތިލުމުން ކާމިޔާބުވާނެކަން  

މީކުރިން ލާފަ އިން ލިންކެއް. އެ ލިންކް ފެނަނަންޏާ އެލިންކްވެސް ހަމަ ރަނގަޅުވާނެ! 

 

ގުޅުންހުރި ވީޑިއޯ:

 

 

 

 

މިއަދު އޮންލައިން