ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރަނިކޮށް ވަރިވާންޖެހިގެން ވަރިވެއްޖެނަމަ އެމީހެއްގެ ބެލެނިވެރިކަމާ ﷲ ތަޢާލާ ޙަވާލުވެވޮޑިގަންނަވާނެ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރަނިކޮށް ވަރިވާންޖެހިގެން ވަރިވެއްޖެނަމަ އެމީހެއްގެ ބެލެނިވެރިކަމާ ﷲ ތަޢާލާ ޙަވާލުވެވޮޑިގަންނަވާނެ!: ޑރ. ޔާސިރު ޤާޟީ

މުސްލިމުންނަކީ ކައިވެނީގެ ކުރިންވެސް އަދި ފަހުންވެސް އެމީހަކު އުޅެން ބޭނުންވާހައި ގޮތަކަށް އުޅެން ހުއްދަވާ ބައެއް ނޫނެވެ. އަބަދުވެސް އުޅެން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ﷲ ތަޢާލާގެ ރަޙްމަތް ތިމާއަށް ޙައްޤުވާނެ ގޮތަށެވެ. 

ކިތަންމެ ރަނގަޅަށް އުޅުނަސް ކައިވެނި ރޫޅެއެވެ. އެގޮތަށް އެކަން މެދުވެރިވާކަން އެންމެންނަށްވެސް އެނގޭނެއެވެ. ބައެއް ކައިވެނިތައް ރޫޅެނީ އަނެކާގެ ކުށްތައް ގިނަވެ އަނިޔާވެރިކަން ބޮޑުވުމުން މަޖުބޫރުވެގެންނެވެ. މިޙާލަތުގައި ވަރިވާން އަންހެނުން ޖެހިލުން ނުވާށެވެ!  

ދެން އޮތީ ވަރިވުމުން ރިޒްޤް ލިބޭނެ ކަމުގެ ވާހަކައެވެ. ރިޒްޤް ދެއްވަވަނީ ﷲ ތައާލާއެވެ. އެމީހަކު ހުރީ ޙައްޤު ގޮތުގައި ކަމަށްވާނަމަ އަދި އެމީހާ އަމަލުކުރީ އަންގަވާފައިވާ ގޮތަށް ކަމުގައިވާނަމަ އެމީހެއްގެ ބެލެނިވެރިކަމާއިމެދު ކަންބޮޑުވުމެއް ނެތެވެ! އެމީހެއްގެ ކަންކަން ﷲ ތަޢާލާ ބަލަހައްޓަވައި ދެއްވަވާނެތެވެ!  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެންޏަކީ ރަހްމަތެކެވެ. ނަމަވެސް ބައެއް ފަހަރު އަނިޔާވެރިކަމަކަށް ބަދަލުވަނީއެވެ. އަނިޔާވެރިކަން ތަޖުރިބާ ކުރަން ޖެހެނީއެވެ. އެފަދަ ހާލަތެއްގައި އަނިޔާ ލިބިލިބި ހުންނަ މީހެއްގެ ގޮތުގައި ޙަޔާތް ވޭތިކުރުމެއް ނެތެވެ. އިސްލާމް ދީނުގައި ވަރިވުން އަދި ވަރިކުރުން ހުއްދަވެގެންވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

މިއަދު އޮންލައިން