އާއިލާއަކީ ތިބާއާ ހަވާލުކުރެވުނު އެންމެ ފުރަތަމަ އިމްތިހާނެވެ.
ތިބާ، ތިބާއަށް ރަނގަޅަށް ވުވެސް އެނގޭ މީހުންނަށް އިޙްތިރާމް ކުރެއެވެ. އެހެނަސް ތިބާގެ މައިންބަފައިންނަށް ކަމޭ ނުހިތަމުއެވެ.
ދުރު މީހުންނަށް ހިނިތުންވަމުއެވެ! އެހެނަސް އެއްބަނޑު އެއްބަފާ ކުދިންނަށް ހަޅޭއްލަވާ އަޑުގަދަކުރަމުއެވެ.
ﷲ ތަޢާލާއަށް ބިރުވެތި ވާށެވެ! ސުވަރުގެ ވަނީ ތިބާގެ މަންމަގެ ފައިތިލަ ދަށުގައި ކަމަށް ބުނެވޭ ބަހުގައިވެސް ފުން މާނަތަކެއްވެއެވެ. ޔަޤީންކުރާށެވެ! ތިބާގެ ސުވަރުގެ ވަނީ މަންމަގެ ފައިތިލައިގެ ދަށުގައެވެ. ތިބާގެ ރަޙްމަތްތެރިންގެ ބޫޓު ދަށަކު ނޫނެވެ!
މިއީ އަމިއްލަ ޢާއިލާގެ މީހުންނަށްވުރެ އެކުވެރިންނަށް ސަމާލުކަންދޭ މީހުންނަށް ވިސްނައިދޭން ޢިލްމުވެރިއަކު ބުނެފައިވާ ބަސްކޮޅެކެވެ. ބަސްކޮޅު ކުރުނަމަވެސް މެސެޖުގެ މުހިންމުކަން ބޮޑުވުމުން މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެނައީއެވެ.