ލ. މާވަށު މަގުތައް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ޝަރަފްވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
51 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ހިމެނޭ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން މާވަށުގެ މައި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަސައްކަތުގެ ތެރޭގައި 1.8 ކިލޯމީޓަރުގެ ދިގުމިނުގެ މަގުތަކެއްގައި ތާރުއެޅުމުގެ މަސައްކަތް ހިމެނެއެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިއީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ގާއިމުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.