އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އަތޮޅުތަކަށް ލިބޭނެ ފަސޭހަ އިންތިޒާމެއް އެސްޓީއޯއިން ހަމަޖައްސަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އަތޮޅުތަކަށް ލިބޭނެ ފަސޭހަ އިންތިޒާމެއް އެސްޓީއޯއިން ހަމަޖައްސަނީ

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އަތޮޅުތަކަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.

މުޅި ރާއްޖެއަށް އަސާސީ ކާބޯތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މާލޭ ބާޒާރުމަތީ ސަރަހައްދުގައި މޭވާއާއި ތަރުކާރީގެ ބާވަތްތައް ވިއްކުމަށް ޚާއްސަ ފިހާރައެއް ހުޅުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ރީޓެއިލް ފިހާރަ ގާއިމުކުރެވޭނީ ބޮޑުތަކުރުފާނު މަގުގައި، އެމްޕީއެލް ކައިރީގައި ހުންނަ އެސްޓީއޯގެ މަކީޓާ ޝޯރޫމް ހުރި ސަރަހައްދުގައެވެ.

އެސްޓީއޯގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފިހާރައަކީ އަތޮޅުތަކަށް މި ބާވަތްތައް ފޯރުކޮށްދިނުމަށާއި، ބޯޓުތަކަށް ސަޕްލައި ކުރުމުގެ މަސައްކަތް ފަސޭހަކޮށްދިނުމަށް ހުޅުވޭ ފިހާރައެކެވެ. އަދި މި ބާވަތްތައް ބޯޓުތަކަށް، ބަނދަރާ ހަމައަށް ޑެލިވަރީކޮށްދިނުމުގެ ޚިދުމަތްވެސް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.

މި އައު އިންތިޒާމުގެ ސަބަބުން، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ކާބޯތަކެތީގެ ބާވަތްތައް އަތްފޯރާ އަގެއްގައި ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް އެސްޓީއޯއިން އުންމީދު ކުރައްވާ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން