މާވަށު ބީއެމްއެލް ބްރާންޗެއްގެ ބިންގާ އަޅައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މާވަށު ބީއެމްއެލް ބްރާންޗެއްގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލ. މާވަށުގައި އައު ބްރާންޗެއް ގާއިމުކުރުމަށްޓަކައި މިއަދު ބިންގާ އަޅައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންގެ އިތުރުން ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު އަދި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބޭންކުގެ އެހެނިހެން އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލ. އަތޮޅުގެ ރައްޔިތުންނަށް މިހާރުވެސް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ލ. ގަމާއި ފޮނަދޫގައި ގާއިމުކޮށްފައިވާ ބްރާންޗްތައް މެދުވެރިކޮށެވެ. މާވަށުގައި އައު ބްރާންޗެއް ގާއިމުކުރުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ މުޅި ރާއްޖެ ހިމެނޭ ފުޅާ ބޭންކިންގ ވިއުގައެއް ގާއިމުކޮށްފައިވާ ބޭންކެކެވެ. މިގޮތުން 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 251 އޭޓީއެމް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައްވެސް ބޭންކުން ފޯރުކޮށްދެއެވެ.

ބޭންކުގެ މައިގަނޑު އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ބޭންކުން ފާހަގަކުރެއެވެ. މާވަށު ބްރާންޗް ގާއިމުކުރުމަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ އިތުރު ފިޔަވަޅެކެވެ.

މިއަދު އޮންލައިން