ހިތަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ވެމްކޯއާއި ހަވާޅުކޮށް މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހިތަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ވެމްކޯއާއި ހަވާޅުކޮށް މަސައްކަތް ފަށައިފި

ލ. ހިތަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ވެމްކޯއާއި ހަވާޅުކޮށް މިއަދު ރަސްމީކޮށް މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި މުހިންމު މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި، މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވިފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް އެވެ.

ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައު އިމާރާތުގެ މަސައްކަތް ނިމުމުން ހިތަދޫ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެއެވެ. އަދި މީގެ ސަބަބުން އިތުރު ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހިތަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ވެމްކޯއާއެވެ. މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ އެއް މަޝްރޫޢެވެ.

މިއަދު އޮންލައިން