ފުވައްމުލަކުގައި ކުރިއަށްދިޔަ އިމާމުންނާއި ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފުވައްމުލަކުގައި ކުރިއަށްދިޔަ އިމާމުންނާއި ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ އިމާމުންނާއި ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމް ވަނީ ނިމުމަކަށް އައިސްފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމުގައި ޖުމްލަ 42 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމެވެ.

ޕްރޮގްރާމުގެ ތެރޭގައި ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމު ފަދަ އިމާމަކަށް ބޭނުންވާ މުހިންމު ދީނީ ޢިލްމުތައް އުނގަންނައިދެވުނެވެ. މީގެ އިތުރުން މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގޮތްތައްވެސް ވަނީ އުނގަންނައިދެވިފައެވެ.

މި ޕްރޮގްރާމުގެ އަމާޒަކީ ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމާއި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ މިސްކިތްތަކުގައި ޚިދުމަތް ކުރާނެ ޤާބިލު އިމާމުންނާއި ޚަތީބުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން