ފޮނަދުއަށް ރައީސް ވަޑައިގަތުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ފޮނަދުއަށް ރައީސް ވަޑައިގަތުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވެރިކަންކުރާ ރަށް ފޮނަދުއަށް މިއަދު ވަޑައިގަތުމުން ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ލ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަޑައިގެންނެވި ހަތަރުވަނަ ރަށަކީ ފޮނަދޫއެވެ. ފޮނަދުއަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ އެކި އުމުރުފުރާގެ ގިނަ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެފައެވެ.

ފޮނަދުއަށް ވަޑައިގެން ރައީސް މުޢިއްޒު ވަނީ ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މީގެ ތެރޭގައި ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުންތައް ހިމެނެއެވެ.

މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ އެކިއެކި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ. އަދި ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

މިއަދު އޮންލައިން