ހުޅުމާލޭ ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ހުޅުމާލޭ ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ތަޢުލީމީ ވުޒާރާއިން ހުޅުވާލައިފިއެވެ.

ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސްކޫލަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައިވަނީ ގްރޭޑް 2 އިން ފެށިގެން ގްރޭޑް 10 އާ ހަމައަށެވެ. އަދި ދަރިވަރުން މިހާރު ކިޔަވަމުންދާ ސްކޫލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޝަހީދު އަލީ ސްކޫލްއަކީ 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމާއެކު ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާ ސްކޫލެކެވެ. މި ސްކޫލަކީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އައުމާއެކު، އެ ސަރަހައްދުގެ ތަޢުލީމީ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަރައްޤީކޮށްފައިވާ ސްކޫލެކެވެ.

މި ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ވީމާ، ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ބަދަލުކުރަން ބޭނުންވާ ބެލެނިވެރިން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހެޅުމަށް ތަޢުލީމީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން