ކަށިމިޔަރުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަށިމިޔަރުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމަށްޓަކައި އެކުލަވައިލައިފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، މި އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމަށްޓަކައި އެކުލަވައިލައިފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނާއި، އެ ޕްލޭން ތަންފީޛުކުރުމަށް އެކުލަވައިލައިފައިވާ ގަވާއިދުގެ ދެލިކޮޕީއަށެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ އޯގަސްޓް މަހު ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އަންނަ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާނެކަމަށް އިޢުލާންކުރައްވާފައެވެ.

މި މެނޭޖްމަންޓް ޕްލޭނާއި ގަވާއިދުގެ ދެލިކޮޕީއަށް ހުށަހަޅާ ޚިޔާލުތަކަށް ރިޢާޔަތްކޮށް، އެ ލިޔުންތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި ކަށިމިޔަރުގެ މަސްވެރިކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސްވެރިކަން ހުޅުވާލުމަކީ ގިނަ ރަށްރަށުގެ ރައްޔިތުން ދިގު މުއްދަތެއް ވަންދެން އެދެމުން އައި ކަމެއް ކަމަށްވާއިރު، މި މަސްވެރިކަން ރާވައި ހިންގުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މި ވަސީލަތް ބޭނުންކުރެވޭނެ ގޮތްތަކަށް ސަމާލުކަން ދޭންޖެހޭކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން