މާލެސިޓީއާ އެހެން ސިޓީތަކުގެ އިތުރުން ގއ. ވިލިނގިލީގަ ހިންގާ ވަޤުފް މަޝްރޫޢުތައް ޖަނަވަރީ މަހު ފެށިގެންދާނެ!: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މާލެސިޓީއާ އެހެން ސިޓީތަކުގެ އިތުރުން ގއ. ވިލިނގިލީގަ ހިންގާ ވަޤުފް މަޝްރޫޢުތައް ޖަނަވަރީ މަހު ފެށިގެންދާނެ!: ޑރ. ޝަހީމް

އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫޢުތަކެއް ފަށްޓަވަން ރައީސް ވަނީ ނިންމަވައިފައެވެ. 

މިގޮތުން އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި، 10 މިލިއަން، ތިނަދޫ 10 މިލިއަން، ވިލިނގިލި 10 މިލިއަން ވަޤުފް އުފައްދަން އިންވެސްޓްކުރެވިގެންދާނެއެވެ.

މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ޚަރަދު ކުރެވިގެންދާނީ އެސިޓީތަކުގެ އިސްލާމީ ކަންކަމަށް. މިސްކިތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށެވެ. މާލެ ސަރަހައްދުގައި 2 މަޝްރޫޢެއް ކުރިއަށް ގެންދެވޭނެއެވެ.  އޭގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެއެވެ. މި ހުރިހައި މަޝްރޫޢެއްގެ އަމަލީ މަސައްކަތް ލަސްވެގެން ޖަނަވަނީ މަހުގައި  އިން ޝާ ﷲ ފެށިގެންދާނެއެވެ.

 

- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން