ހިތްޕުޅު ތިރިކަން ބޮޑުކަމުން އެއީ ގޭގެ ނޯކަރުކަމަށް ހީކުރަންޖެހުނު ބޮޑު ޢިލްމްވެރިޔާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހިތްޕުޅު ތިރިކަން ބޮޑުކަމުން އެއީ ގޭގެ ނޯކަރުކަމަށް ހީކުރަންޖެހުނު ބޮޑު ޢިލްމްވެރިޔާގެ ވާހަކަ-

ކިތަންމެ ގިނައިން ފައިސާ ލިބި ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައި އޮތަސް ހިތްތިރިލކުރާށެވެ! ކިތަންމެ މަތީ މަޤާމެއް ލިބިފައިވީނަމަވެސްމެއެވެ. އެހެނީ މަތީ މަޤާމާއި ތަނަވަސްކަން ކޮންމެ ވަޤުތަކުވެސް ތިމާއާއި ވަކިވެގެން ހިނގައިދާނެއެވެ. ޙާލަތު ބަދަލުވާނީ ބުނެފައެއް ނޫނެވެ. އަދި އެނގިގެނެއްވެސް ނޫނެވެ.

ދުނިޔޭގެ ވިސްނިމުން މިނާނަމަ އެންމެ އަގުބޮޑު، އެންމެ ޤަދަރުވެރި ބައަކީ ފައިސާވެރިންކަމުގައިވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަންބޮޑު ބައަކަށްވާނީ ދީނުގެ ޢީލްމުވެރިންނެވެ.

ވިސްނައިލާށެވެ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށް ފުރަތަމަ ބާވައިލެއްވެވި އާޔަތަށެވެ. ވަޙީކުރެއްވެވީ އެންމެ ތަނަވަސްމީހާކަމުގައި ވެވަޑައިގަތުމަކަށް ނޫނެވެ. ކިޔަވައި ވިދާޅުވުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ޢަމަލަކީ ޤުރްއާން އުނގެނި އަދި އުނގަންނައިދިނުމެވެ.

އިސްލާމް ދީނަށް ލޯބި ކުރެއްވެވި ދީނީ ޢިލްމުވެރިން ދިރިއުޅުއްވަވާފައިވަނީ ވަރަށް އާދައިގެ ފެންވަރެއްގައެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. އެކަމުގެ ކުޑަ މިޘާލެއް ބުނެދޭނަމެވެ. މިވާހަަކ އަހުރެން ވަރަށް ގިނައިން ދަރުސްތަކުގައި ކިޔައިދެމެވެ. އެއީ ހަމަ ލިގަންނަންޖެހޭ ފިލާވަޅުގެ މުހިންމުކަން ބޮޑުކަމުންނެވެ.

އިންޑިއާގެ މަޝްހޫރު ދީނީ ޢިލްމުވެރިއަކާއި ބައްދަލުކުރަން ބައަކު ދިއައެވެ. އެމީހުން ދިއުމުން މުސްކުޅި އުމުރުގެ ފިރިހެނަކު ނުކުމެ އެމީހުންގެ އަތް ދޮވުމަށް ފެން ދިނެވެ. އެއަށްފަހު ހަމަ އެމީހާ ކާންހަދައި ކާން ދިނެވެ. ކައި ނިމިގެން ޢިލްމުވެރިޔާ އާއި ބައްދަލުކުރަން އެދުމުން ހަމަ އެމީހާ ބުނީ ޢިލްމުވެރިޔާއަކީ ވެސް ތިމަންނާ ކަމަށެވެ. އަދި އެމީހުން އޮޅުންފިލުވަން ބޭނުންވި ކަންކަން އެމީހުން އަޖައިބުވާހައި ފުރިހަމައަށް ބަޔާންކޮށްދެއްވެވިއެވެ.

މިފަދަ ކަންކަމަކީ މުސްލިމުން މިއަދުވެސް ޢިބްރަތް ހާޞިލުކުރަން ޖެހޭނެ ކަންކަމެވެ.

----ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން

މިއަދު އޮންލައިން