ޝައިޠޯނާ ހުންނާނީ ތިބާގެ ހަށިގަނޑުގެ ތެރެއަށް ވަދެގަންނާނެ ފުރުޞަތަކަށް ބަލަބަލައެވެ! އެފުރުޝަތު އޭއްޗަށް ނުދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޝައިޠޯނާ ހުންނާނީ ތިބާގެ ހަށިގަނޑުގެ ތެރެއަށް ވަދެގަންނާނެ ފުރުޞަތަކަށް ބަލަބަލައެވެ! އެފުރުޝަތު އޭއްޗަށް ނުދޭށެވެ!

. ޙަދީޘްފުޅުގައި އޮތީ އާފުރެން ޖެހިއްޖެނަމަ ވީހައި ބޮޑަށް ހިފަހައްޓާށެވެ. އާނުފުރެން މަސައްކަތް ކުރާށެވެ! ވީމާ އާފުރުމަކީ ވިސްނައި ފަރުވާތެރިވާންޖެހޭނެ ކަމެކެވެ!

އާފުރުމަކީ މީހަކު ވަރުބަލިވެ،ކަންނެތްވެ ފޫހިވުމުން، ބައެއް ޙާލަތްތަކުގައި ނިދިޖެހުމުން މެދުވެރިވާ ކަމެކެވެ. އާފުރޭހިނދު އަނގަމަތީގައި އަތްއަޅައި އަނގަ ފޮރުވަން އޮތީ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ. އެއީ އަތްނާޅައި އަނގަ ހުޅުވައިލުމުން ޝައިޠޯނާ ތިބާގެ އަނގައިގެތެރެއިންލާފައި ތިބާގެ ހަށިގަނޑުގެތެރެއަށް ވަދެގަންނާނެތީއެވެ.

ޚާއްޞަކޮށް ނަމާދަށް ހުންނައިރު އާފުރެން ބިރުވެތިވާށެވެ! އެހެނީ ނަމާދުގައި ހުންނަންޖެހެނީ ވީހައި ބޮޑަށް ޚުޝޫޢަތްތެރިވެގެންނެވެ. ހުރިހާ ސަމާލުކަން ނަމާދަށް ދީގެންނެވެ. ވީމާ ފޫހިވެ އާފުރެން ޖެހެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެއެވެ. މީހާ ހުންނަން ޖެހޭނީ މިހުރެވެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައިކަމާއި ތިމާއަށް ﷲ ތަޢަލާ ބައްލަވައި ވޮޑިގެންވާކަން ޤަބޫލުކޮށް އެކަމަށް ބިރުވެތިވެގެންނެވެ. އެގޮތުގައި ހުރެވޭ މީހަކަށް އާފުރޭކަށް ނުޖެހޭނެއެވެ.

އިޙްޞާންތެރިކަމާއިއެކު ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ޝައިޠޯނާގެ ކިބައިން ސަލާމަތްވެހުރެ ނަމާދުކުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން