ސުވަރުގެ ވަންނަން ބޭނުން ނުވާނެ މުސްލިމަކު ނުހުންނާނެއެވެ. ސުވަރުގެ އެދޭކަމަށް ބުނުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. ނަމަވެސް ސުވަރުގެ އެދިގެން ކުރަންޖެހޭ ކަންކަން ކުރުމާއި އެކަންކަމުގައި ދެމިހުރުން މިއޮންނަނީ ގިނަބއަކަށް ކުރަން ވަރަށް އުނދަގޫ ކަމަކަށްވެފައެވެ.
މިގޮތުން މިފާހަގަކޮށްލަނީ ސުވަރުގެ އެދޭމީހާ އެކަންކަމުގައި ގަދައަށް ހިފހައްޓައި ޘާބިތުވާންޖެހޭ 4 ކަމެކެވެ.
1 ވީހާގިނައިން އަޅުކަންކުރުން؛
ވީހާގިނައިން އަޅުކަންކުރުމަކީ ފަރުޟުތަކާއި ސުންނަތް އަޅުކަން ކުރަމުން ގެންދިއުމެވެ. ޤުރްއާން ކިޔެވުމާއި ޛިކުރުކުރުން ގިނަކުރުމެވެ. އަދި އެކަމެއް ކުރުމުން ޘަވާބު ދެއްވަވާނެ ވީހައި ގިނަ ޢަމަލުތައް ކުރަމުން ގެންދިއުމެވެ.
2 ތިބާއަށް ނުބައިކޮށް ޢަމަލުކުރާ މީހުންނަށް މާފުކުރުން:
3 ރުޅި ކޮންޓްރޯލްކުރުން:
4 ޙަރާމްކުރެއްވެވި ހުރިހާ ކަންކަމުން ދުރުހެލިވެހުރުން:
މި ހަތަރު ކަމުގައި ޘާބިތުވެހުރެއްޖެ މީހަކަށް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ
ވިސްނާލަން ޖެހޭ ކަމަކީ މި 4 ކަމަށް ބަލައިފިނަމަ ގިނަ ބައަކު ފުރަތަމަ ކަންތައް ކުރެއެވެ. ފަރުޟުތަކާއި ސުންނަތް އަޅުކަންކޮށް ޤުރްއާން ކިޔަވައި ޛިކުރުވެސް ކުރެއެވެ. އަދި އެކަމެއް ކުރުމުން ޘަވާބު ދެއްވަވާނެ އަމަލުތައްވެސް ކުރެއެވެ.
ނަމަވެސް ފަހުން ބަޔާން މިކުރި 3 ކަންތަކުގައި ސާބިތުވެވެނީ މަދު މީހަކަށެވެ. އެމީހަކަށް ނުބައިކޮށް ޢަމަލުކުރާ މީހުންނަށް މާފުކުރުމާއި ރުޅި ކޮންޓްރޯލްކުރުމާއި ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަމުން ދުރުހެލިވެހުރެވެނީ މަދު މީހަކަށެވެ.
ވީމާ މިއީ ހަމަކޮންމެ މީހަކުވެސް މިއަދު އިތުރަށް ވިސްނާލަންޖެހިފައިވާ ކަންކަމެވެ.
--ބިލާލް އަސްއަދުގެ ދަރުސަކުން