ދުނިޔޭގަ ހިތްދަތިކަމާ ތަކްލީފް އުފުލަން ނުޖެހޭނީ ﷲ ތަޢާލާ އެމީހުން ދޫކޮށްލައްވަވާފައިވާނަމަ! އެއީ ލިބޭނެ އެންމެ ބޮޑު ދެރަ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދުނިޔޭގަ ހިތްދަތިކަމާ ތަކްލީފް އުފުލަން ނުޖެހޭނީ ﷲ ތަޢާލާ އެމީހުން ދޫކޮށްލައްވަވާފައިވާނަމަ! އެއީ ލިބޭނެ އެންމެ ބޮޑު ދެރަ!: ބިލާލް އައްސަދު

ބައެއް މީހުންނަށް ވިސްނެނީ ހިތްދަތި ޙާލުގައި އުޅެން ނުޖެހޭނަމަ އަދި ތަކްލީފްތައް އުފުލަން ނުޖެހޭނަމަ އެމީހަކު އެހުންނަނީ ވަރަށް ބޮޑު ރަޙުމަތުގައި ކަމަށެވެ. ނަމަވެސް އެއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ.  

އިމްތިޙާންތައް ކުރިމަތިކުރައްވަވަނީ އެމީހަކަށް ރަޙްމަތް އިތުރުކުރެއްވެވުމަށެވެ. އެމީހެއްގެ ދަރަޖަ ސުވަރުގޭގައި މަތިކުރެއްވެވުމަށެވެ. އިމްތިޙާނުތައް ކުރިމަތިނުކުރައްވަވާ މީހަކަށް ގެއްލިގެން އެދަނީ އެފުރުޞަތެވެ. އެއީ އެމީހަކީ ﷲ ތަޢާލާ ދޫކޮށްލައްވަވާފައިވާ މީހަކުކަން އަންގައިދޭ ކަމެކެވެ.  

އެއިރުން އެނގެނީ އެމީހަކީ ﷲ ތަޢާލާ ދޫކޮށްލައްވަވާފައިވާ މީހަކު ކަމެވެ. އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެން ނުވާ ކަމެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ކުރިމަތިކުރައްވަވާ އިމްތިޙާނުތައް ވަރުގަދަވާނެ ކަމަށް އޮތުމެވެ.  

މީސްތަކުންނޭވެ! އެއިމްތިޙާނަކުން ފާސްނުވެވޭނެ އިމްތިޙާނެއް އެކަކަށްވެސް ކުރިމަތިނުކުރައްވަވާނެތެވެ. އެއީ ޔަޤިންކަމެކެވެ. އެކަމަށް ޔަޤީންކަން ދެއްވަވާފައިވަނީ ﷲ ތަޢާލާއެވެ. ކީރިތި ޤުރްއާނުގައެވެ. 

ވީމާ ކޮންމެފަދަ ޙާލަތެއްގައި އުޅެންޖެހުނަސް އެކަމުން ސަލާމަތް ކުރައްވަވާނެކަމުގެ ޔަޤީންކަމުގައި ތިބޭށެވެ. މިޙާލުގައި އުޅެންޖެހޭނީ ކިހައި ދުވަހެއް ވަންދެންތޯ ސުވާލުކުރުން ފަދަ ކަންކަން ނުކުރާށެވެ! އެއރުން އެކަންވާނީ އިމްތިޙާނުން ފޭލްވުން ކަމަށެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން 

މިއަދު އޮންލައިން