މައިންބަފައިން ކަންކަންކުރި ގޮތަށް ނުބަލާށެވެ! ﷲ ގެ އެންގެވުމަށް ބޯލަނބައި ހެޔޮކޮށްހިތީމާ ލައްވަވާނެ ބޮޑު ރަޙްމަތުން ކުރާނެ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
މައިންބަފައިން ކަންކަންކުރި ގޮތަށް ނުބަލާށެވެ! ﷲ ގެ އެންގެވުމަށް ބޯލަނބައި ހެޔޮކޮށްހިތީމާ ލައްވަވާނެ ބޮޑު ރަޙްމަތުން ކުރާނެ ފައިދާ މާބޮޑުވާނެ!

މިއީ އެއްވެސް މީހަކަށް ބުނާ ބަހެއް ނޫނެވެ. މިއީވެސް ހަމަ މެދުވެރިވެދާނެ ގޮތެކެވެ. މިޘާލަކަށް ބުނާނަމަ ދުނިޔޭގައި ތިބި އެންމެ ނުބައި ނުލަފާ މީހުންގެ ތެރޭގައި ތިބާގެ މައިންބަފައިން ހިމެނިދާނެއެވެ. އެއީ އެއްވެސް ދަރިއަކާއި ގުޅުންހުރި ކަމެއް ނޫނެވެ. އެއީ އެމީހުންގެ ކަމެކެވެ. އެމައްސަލަވަނީ އެމީހުންނާއި ﷲ ތަޢާލާ އާއި ދެމެދުގައެވެ.  

މައިންބަފައިންނަކީ މިބުނި ފަދަ ބައަކަށްވީނަމަވެސް ހަނދާންކުރާށެވެ! ތިބާގެ މައިންބަފައިންނާއިމެދު ނުބައިކޮށް ކިތަންމެ ކުޑަކުޑަ ކަމެއް ކުރުމުގެ ހުއްދަވެސް ތިބާއަށް ﷲ ތަޢާލާ ނުދެއްވަވަތެވެ. ތިބާ ކަންތައް ކުރަންޖެހޭނީ ވީހާރަނގަޅަކަށެވެ. ވީހާ ހެޔޮކޮށެވެ.  

ތިބާގެ މައިންބަފައިންނަކީ އެފަދަ ބައަކު ކަމުގައި ވެއްޖެނަމަ އެއީ ﷲ ތަޢާލާ ތިބާއަށް ކުރިމަތިކުރެއްވެވި ވަރަށް ބޮޑު އިމްތިޙާނެއްކަން ދަންނާށެވެ! އަދި ތިބާގެ ފަރާތުން މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ގެންދާށެވެ!  

މިވާހަކަ ތަކުރާރުކުރަން މިޖެހެނީ މައިންބަފައިން ތިމާމެންނަށް ނުބައިކޮށް ކަންތައްތައް ކުރާނަމަ އެމީހުންނާ އަޅާނުލައި ދުރުވެގެން ތިބުން ހުއްދަވާނެތޯ ގިނަބައަކު ސުވާލުތަކުރާރުކުރާތީއެވެ.  

މިކަމަށް ހުރި ވަޙީބަސްފުޅުތައް ޤުރައާނުގައި ފެންނަން އެހުރީއެވެ. މައިންބަފައިން ނުބައިވެއްޖެނަމަ އެމީހުންނާއި އަޅާނުލައި ދޫކޮށްލާކަށް ނެތެވެ. އެމީހުންގެ ބަސް ޤަބޫލުނުކުރަން އޮތީ އެންމެ ޙާލަތެއްގައެވެ. އެއީ ﷲ ތަޢާލާއަށް އުރެދުމެއްވާ ކަންކަމުގައެވެ. އެފަދަ އެއްވެސް ކަމެއްގައި އެމީހުންނާއި އެއްބައިވުމެއް ނެތެވެ.  

އެންމެ ގިނަ ބައަކު ޝަކުވާކުރާ އެއްކަމަކީ މައިންބަފައިން އެދެމަފިރިންގެ ދިރިއުޅުމާއިބެހުމެވެ. އެހާލަތުގައިވެސް އެމީހުންގެ ކުރިމަތީގައި ރުޅިވެރިބަސްތައް ނުބުނާށެވެ. އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރަން ބޭނުންނުވާނަމަ، ނުވަތަ ބޭއިންޞާފުން ބަސްބުނާނަމަ އެކަމަށް އަޅައިވެސް ނުލާށެވެ.  

އެހެނަސް މައިންބަފައިންގެ ކުރިމަތީގައި ޙައްޤުބަސް ބުނަންޖެހޭނެ ޙާލަތެއްވެއެވެ. އެއީ ތިމާގެ އަނބިމީހާ އާއި ޖެހޭ މައްސަލަތަކުގައި ކަންކަން ނިންމަންވާނީ އިންޞާފުންނެވެ. މައިމީހާ ކަމަށްވީތީ ރުއްސަން އަނބިމީހާ ކުށްވެރިކޮށްގެންނުވާނެއެވެ. ސަބަބަކީ އެއީ އަނބިމީހާ ފޫހިވެ ދެމަފިރިންގެ ގުޅުމަށް ހުރަސްއެޅިދާނެ ކަމަކަށްވާތީއެވެ. ކޮންމެ މީހަކާއިމެދުވެސް އޮތީ ޢަދުލުވެރިވުމެވެ. މައިންބަފައިންނާއިމެދު ޢަދުލުވެރިވާފަދައިން އަނބިމީހާއާއިމެދުގައިވެސް ޢަދުލުވެރިވާންވާނެއެވެ.  

އެކަމަކު ބުނަންހެއްޔެވެ؟ އެހާލަތުގައިވެސް މުޢާމަލާތުކުރަންވާނީ ވީހާ ރިވެތި ގޮތުގައެވެ. ނުބައިބަސްބުނެ ހަދައިގެންނުވާނެއެވެ. ޙައްޤުބަސްބުނެފައި އެހިސާބުން އެކަން ނިންމައިލާށެވެ. އަދި މައިންބަފައިންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެމުން ގެންދާށެވެ.  

މައިންބަފައިންނާއިމެދު ޢަމަލުކުރަން ދީނުގައި އޮތްމަގަކީ މިއީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން