އޭނާ ބުނަނީ ކެންސރަށް އޭނާއަށް ޝިފާލިބުނީ އިސްލާމްވީތީ ކަމަށް! އަހުރެމެން މުސްލިމުން ﷲ ތަޢާލާއާ އިތުރަށް ކުއްތަންވާން މަސައްކަތްކުރީމަ ހިންމަވައި ނުދެއްވަވަންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
އޭނާ ބުނަނީ ކެންސރަށް އޭނާއަށް ޝިފާލިބުނީ އިސްލާމްވީތީ ކަމަށް! އަހުރެމެން މުސްލިމުން ﷲ ތަޢާލާއާ އިތުރަށް ކުއްތަންވާން މަސައްކަތްކުރީމަ ހިންމަވައި ނުދެއްވަވަންވީ ކީއްވެ؟

ކެންސަރަސް އެހެން ބައްޔަކަސް ކިތަންމެ ބޮޑު ބައްޔަކަސް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ޝިފާ ލިބުމަކީ އެކަމަށް އެއްވެސް ހުރަހެއް އޮންނާނެ ކަމެއް ނޫނެވެ. މައްސަލައަކަށް މިވަނީ އެކަންކަން ބަލައިގަތުމަށް ހުންނަ ހުރަސްތަކެވެ. އެއީ މީހުންގެ ވިސްނުމުގައި ހުންނަ މައްސަލައަކުން އެޅޭ ހުރަސްތަކެކެވެ. 

ދުޢާއިން ބޮޑެތި ބަލިތަކަށް ޝިފާލިބޭކަމާއިމެދު ބައެއް މީހުން ޝައްކުކޮށް ސުވާލުއުފައްދާތީ މިގެނެސްދެނީ ދުޢާއިން ޝިފާލިބޭކަން ޔަޤީންކުރެވޭނެ ޙާދިސާއެއްގެ ވާހަކައެވެ. 

އަހަރެންނަކި އުރަމަތީގެ ކެންސަރަށް 2018 ވަނަ އަހަރުން ފެށިގެން ފަރުވާކުރަމުން އައި އަންހެނަކީމެވެ. ފަރުވާއިން ރަނގަޅުވެލައެވެ. އަނެއްކާވެސް ގޯސްވެލައެވެ. އެހެންކަމުން އަހަރެންގެ އަމިއްލަ ނަފްސާއި ސުވާލުތަކެއް ކުރެވެން ފެށިއެވެ. "މައްސަލައަކީ ކޮބައިހެއްޔެވެ؟ އަހރެންނަށް ގޯސްކޮށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެންގެ ކަލާނގެ އަހަރެން ދެކެ ރުޅިއަންނަނީ ކީއްވެގެންހެއްޔެވެ؟ އަހުރެން ކޮންމެ އާދީއްތަ ދުވަހަކު ފައްޅިއަށް ގޮސް މިކުރާ ކަންކަން ކަލާނގެ ޤަބޫލުނުކުރަނީހެއްޔެވެ؟" 

މިފަދަ ސުވާލުތައް ހިތުގައި އުފެދެމުންދާތާ އެތައް ދުވަހެއްވެފައިވަނިކޮށް އަހަރެންގެ ރައްޓެހި ފިރިހެން ކުއްޖަކު އަހަރެންނަށް ކީރިތި ޤުރްއާނުގެ ތަރުޖަމާއެއް ދިނެވެ. ފޮތްކިޔާހިތްވާ އަނހެނަކަށްވާތީ އެ ފޮތް ކިޔަންފެށީމެވެ. 

ހަމަ ތެދަށް ބުނަންހެއްޔެވެ؟ ފޮތްކިޔަން ފެށުމުން އުފެދުނު ޝައުޤުވެރިކަން ނިމުމަކަށް އައީ ފޮތް އެކުގައި ކިޔައިނިމުމުންނެވެ. ދެން ޝައުޤުވެރިވީ ކީރިތި ޤުރްއާނާއިމެދު ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތައް އަޑުއެހުމަށެވެ. ކޮންމެ ދުވަހަކު ޔޫޓިޔުބުން އެތައް ވާހަކަތަކެއް އަޑުއެހީމެވެ. 

ކޮންމެއަކަސް 2020 ވަނައަހަރު އަހަރެން ކީރިތި ޤުރްއާން ބަލައިގަތީމެވެ. އަދި އިސްލާމްވެސްވީމެވެ. މިއަހަރަކީ އަހަރެންގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ޢީދު ފާހަގަކުރި ދުވަހެވެ. އަދި ކީއްހެއްޔެވެ؟ ރަމަޟާން މަސް އައުމުގެ ކުޑަދުވަސްކޮޅެއް އަހަރެންގެ ބަލި ވަނީ މުޅިން ފަސޭހަވެއެވެ. ހަދާ ޓެސްޓްތަކުން ބައެއް ފަހަރު ބަލިހުރިކަމަށް ދައްކައެވެ. ނަމަވެސް އެއްވެސް އުނދަލެއް ނުވާތީ އެއްވެސް ބޭހެއް ނުކުރާތާ 4،5 މަސްވީއެވެ. ޢާންމު ޞިއްޙަތުވެސް ހަމަ ރަނގަޅެވެ. ދިރިމިއުޅެނީ އެއްވެސް ބައްޔެއް ނެތި މީހަކު ދިރިއުޅޭނެ ގޮތަށެވެ. 

އަހަރެންގެ ބައްޔަށް ޝިފާލިބުނު ސަބަބުކަމަށް އަހަރެން ޤަބޫލުކުރަނީ އަހަރެން އިސްލާމްވެ އަހަރެން ﷲ ތަޢާލާއަށް ކުރި ދުޢާއެވެ. ރޮއި ކަރުނަ އަޅައި އަހަރެން ދެންނެވި އާދޭހެވެ! މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. 

އަހަރެންގެ އުމުރަކީ 28 އަހަރެވެ. އަހަރެން ކައިވެނިކުރަން ބޭނުންވަނީ ޒުވާނަކު އިސްލާމްކޮށްގެންނެވެ. އެހެންވެ އަހަރެން މިހާރު މަސައްކަތްކުރަމުން މިގެންދަނީ ބައްދަލުވި ޒުވާނަކަށް އިސްލާމް ދީން އުނގަންނައިދޭށެވެ. އިރާދަކުރެއްވިއްޔާ ބޮޑު ޢީދު ދުވަހު ކައިވެނިވެސް ކުރެވޭނެއެވެ!

 

ޢަލީޝާ ތޯމަސް/ ލަންޑަން  

މިއަދު އޮންލައިން