ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ފައިނޭންސް ލިބޭ ކަމުގެ ލިޔުންތައް ހަވާލުކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ފައިނޭންސް ލިބޭ ކަމުގެ ލިޔުންތައް ހަވާލުކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިނޭންސް ލިބޭ ކަމުގެ ލިޔުން ހަވާލުކުރަން ފެށުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ބޭއްވިއްޖެއެވެ.

މި ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށް ލުއި ގޮތެއް ބޭނުންވެފައިވާ ފަރާތްތަކަށް، ބޯހިޔާވަހިކަން ޤާއިމްކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި 5 އިންސައްތައިގެ ރޭޓުގައި ހިންގާ އިސްލާމިކް ފައިނޭންސިންގ ޕްރޮގްރާމެކެވެ. ރައީސް ޑރ މުޢިއްޒުގެ ސަރުކާރުން މި ޕްރޮގްރާމް ތައާރަފްކުރެއްވީ ގެދޮރުވެރިކަމުގެ ހައްޤު ރައްޔިތުންނަށް ފަހިކޮށްދެއްވުމުގެ މުހިންމު މަޤްސަދުގައެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 23 އެޕްލިކޭޝަނެއް ވަނީ އެޕްރޫވްކުރެވިފައެވެ. އޭގެ ތެރެއިން 15 ފަރާތަކަށް ފައިނޭންސް ލިބޭ ކަމުގެ ލިޔުން މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފައެވެ. މި ލިޔުންތައް ހަވާލުކުރުމާއެކު މިފަދަ ފައިނޭންސަށް އެދިފައިވާ ފަރާތްތަކުގެ އުންމީދު އާވެ، ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން