މާމެންދޫގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މާމެންދޫގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ހައްދުންމަތީ މާމެންދޫގެ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މާމެންދޫ ޞިއްޙީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ލެބޯޓްރީގެ ޚިދުމަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މާމެންދޫ ދާއިރާގެ މެންބަރާއި އެ ރަށު ކައުންސިލްގެ ރައީސްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޚިދުމަތް ފެށުމާއެކު، މާމެންދޫގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ލެބޯޓްރީ ޓެސްޓުތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އެ ރަށުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާލެވުނު އިތުރު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ހައްދުންމަތީގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށާއި، ރައްޔިތުންގެ ޙާލު އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެކި ރަށްރަށުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ބައްލަވާލައްވައި، ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވައެވެ.

މިއަދު އޮންލައިން