ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލ.ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްޤީކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ރަހީމާ އަބްދުﷲ ރަހީމް އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އެވެ.

މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. މާމެންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. މި މަޝްރޫޢުގެ ސަބަބުން ހުޅިމެންދޫގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ހޮޓެލް ސްކޫލުން، ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ރިސޯޓް ތަރައްޤީކުރުމުން އެ ސަރަހައްދުގެ ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށްވާއިރު، މި މަޝްރޫޢުގެ މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން