މާރޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުން އަތުން ލިބެންޖެހޭ 2.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 223 މިލިޔަން ރުފިޔާ ހޯދިއްޖެ: އެޗްޑީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
މާރޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުން އަތުން ލިބެންޖެހޭ 2.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 223 މިލިޔަން ރުފިޔާ ހޯދިއްޖެ: އެޗްޑީސީ

ކޮމާރޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުންގެ އަތުން ލިބެންޖެހޭ 2.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 223 މިލިޔަން ރުފިޔާ ހޯދިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ދެއްވަމުން، އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ސާމިހް ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ކޮމާރޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުންގެ އަތުން މިއަހަރު ހޯދުނު ފައިސާއެވެ. އަދި މިދިޔަ އަހަރު މި ދެބައިގެ ކަސްޓަމަރުންގެ އަތުން 220 މިލިޔަން ރުފިޔާ ވަނީ ހޯދިފައެވެ.

"އެމްއެމްއޭގައި ރަޖިސްޓްރީ ކުރަމުންދަނީ ހަމައެކަނި ރެޒިޑެންޝަލް ކަސްޓަމާސް އެކަންޏެއް ނޫން. ހުރިހާ ކޮމާރޝަލް ކަސްޓަމާސްވެސް ހަމަ އިޝޫއެއް ނޫޅޭ ޝޯޓްއައުޓް ނުވާ ހުރިހާ އެއްޗެއްނޫނިއްޔާ މިހާރު ހުންނާނީ ހުރިހާ ކަސްޓަމާސް ބޭސްއެއް ރަޖިސްޓަރ ކުރެވިފައި،" ސާމިހް ވިދާޅުވިއެވެ.

އެޗްޑީސީގެ ސީއެފްއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ފައިސާތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން އިދާރާތަކުން ލިބެންޖެހޭ ފައިސާ ނުހިމެނެއެވެ. އަދި މިއަހަރުގެ ބާކީ އޮތް މުއްދަތުގައި އިތުރު 41 އިންސައްތަ ރިކަވަރ ކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ.

މި މަސައްކަތަކީ އެޗްޑީސީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ކުންފުނިން ލިބެންޖެހޭ ފައިސާ ހޯދުމަށް ސިސްޓަމެޓިކް އުސޫލުތަކެއްގެ ދަށުން މަސައްކަތް ކުރަމުންދާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން