ރައީސްގެ ވައުދުފުޅާއެއްގޮތަށް ރާޢްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބެ ފުލުހުން ޚިިދުމަތް ދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައީސްގެ ވައުދުފުޅާއެއްގޮތަށް ރާޢްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބެ ފުލުހުން ޚިިދުމަތް ދޭން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބެ ފުލުހުން ޚިދުމަތް ދޭން ފަށައިފިއެވެ. މިކަން އިޢުލާންކުރެއްވީ ހައްދުންމަތީ ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒެވެ.

 

ފުލުހުންގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްކަން ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނުލިބޭ 66 ރަށް އޮތް ކަމަށެވެ. އަދި މި ރަށްތަކަށް ފުލުހުންގެ ޚިދުމަތް ބޭނުންވާ ހާލަތްތަކުގައި، ކައިރި ރަށްރަށުން ފުލުހުންގެ ޓީމްތައް ފޮނުވަން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، މިއަހަރު ނިމުމުގެ ކުރިން ފުލުހުން ރަށްރަށުގައި ޤާއިމްވެ ތިބެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް މުޢިއްޒު ނިންމެވިއެވެ. މީގެ އިތުރުން، ފުލުހުންގެ އަމިއްލަ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ވެސް ވަނީ ނިންމަވާފައެވެ.

"މިއީ އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު. ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ލިބުމަކީ އަސާސީ ހައްޤެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި ވަޢުދު ފުއްދުމުގެ ގޮތުން، މިހާރު ވަނީ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފައެވެ.

މިއަދު އޮންލައިން