ގައިގަ ބީހެން ފުރުޞަތުދޭންވާނީ ލޯބިޙަލާލުކުރީމަ! ބޮޑަށް ލޯބިވާތީ އަވަހަށް ބީހެން ބޭނުންވާނަމަ އަވަހަށް ކައިވެނިކުރަން ބުނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ގައިގަ ބީހެން ފުރުޞަތުދޭންވާނީ ލޯބިޙަލާލުކުރީމަ! ބޮޑަށް ލޯބިވާތީ އަވަހަށް ބީހެން ބޭނުންވާނަމަ އަވަހަށް ކައިވެނިކުރަން ބުނޭ!

އަހުރެމެން މިކިޔާ ލޯބި ރަމްޒުކޮށްދޭންވެސް ގެންގުޅެނީ ހިތެކެވެ. ކުރަހަނީވެސް ހިތެކެވެ. އެއީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާނެ ގުނަވަނަކީ އެމީހާގެ ހިތްކަމަށްވާތީއެވެ. ހިތް ދެކެ އެހައިބޮޑަށް ލޯބިވާއިރުވެސް ހިތުގައި އަތްލެވޭ ހެއްޔެވެ؟ ނުލެވޭނެއެވެ. އެކަމުން އަންގައިދެނީ އެއްޗެއް ދެކެ ލޯބިވާވަރު ބޮޑުވުމަކީ އެއެއްޗެއްގައި ބައްދައި އޮޅުލަން އޮތް ސަބަބެއް ނޫންކަމެވެ.  

ހުރިހާ ކުދިންނަށް، ޚާއްޞަކޮށް އަންހެންކުދިންނަށް ބުނެލަން އޮތީ ލޯބިވުމަކީ ގައިގައި އަތްލުން ނޫންކަމެވެ. ކިތަންމެ ލޯބިވާ މީހަކު ނަމަވެސް ގައިގައި އަތްލިއަ ނުދޭށެވެ. ޙަޤީޤީ ލޯބިވާނަމަ ކައިވެނީގެ ކުރިން ގައިގައި އަތްލަން ބޭނުމެއް ނުވާނެއެވެ. ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީ ކައިވެނިކުރުމުން ހުއްދަވާ ކަންކަން ކައިވެނިކުރުމުގެ ކުރިން ކުރާތީކަމަށް ބުނަންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.  

އަތުގައި އަތްލަން ފުރުޞަތުދީފިނަމަ ބޮސްދޭނެއެވެ. އެހިސާބުން ދެން ދާނީ ހަރުފަތަކަށްފަހު ހަރުފަތެއް މައްޗަށް އަރަމުންނެވެ. އެންމެ ފަހުން އޮންނާނީ އެންމެ މަތީ ހަރުފަތް ވެސް ގިރާކުރެވިފައެވެ.  

ދާދިފަހުން އުމުރުން 15 އަހަރުވެސް ނުފުރޭ އަންހެން ކުއްޖަކު އައިސް ބުންޏެވެ. "ޝައިޚް އެވެ! އަހަރެން ކައިވެނިކުރަން ބޭނުންވެއެވެ. ކައިވެނިނުކޮށް ދެން އަހަރެންނަށް ކެތެއް ނުކުރެވޭނެއެވެ! ކައިވެނި ނުކޮށް ހުންނަންވެއްޖެނަމަ ޒިނޭ ކުރެވިދާނެއެވެ!" 

ރަނގަޅަށް އޮޅުންފިލުވިއިރު އޭނާވަނީ ލޯބިވެރިޔާއާއެކު ޒިނޭކުރުން ނޫން އެހެން ހުރިހާ ކަންކަންކޮށްފައެވެ. އޭނާގެ ހިތުގައި ކައިވެނިކޮށް ޖިމާޢުވުމަށް ޝައުޤުވެރިކަން އެހައި ބޮޑުވީ އެކަންކަމުގެ ސަބަބުންނެވެ.  

ލޮބުވެތި ޒުވާނުންނޭވެ! ކެތްތެރިވާށެވެ! އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމާއި އެހެންވެސް ހެޔޮ ޢަމަލުތައް ކުރުމެއް ނޫނެވެ. ކެތްތެރިވުމަކީވެސް އަޅުކަމެކެވެ. ނަމާދުވެސް އެހެން އަޅުކަން ކުރެވޭނީވެސް ކެތްތެރިވެގެންނެވެ.  

އެންމެ މުހިންމު ކަމަކީ ކައިވެނީގެ ކުރިން ގައިގައި ބީހެން ބޭނުންވާ އެއްވެސް މީހަކު ދެކެ ލޯބިނުވުމެވެ. އެއީ ޙަޤީޤީ ލޯބިވެރިއެއް ނޫންކަން ޔަޤީންކޮށް އެފަދަ މީހުންނާއި އަވަހަށް ދުރުހެލިވާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން