ކޮންމެވެސް ކިޔައިލާތި!؛ ކައިވެންޏަށްފަހު އަނެކާގެ މައިންބަފައިންނަށް އެހީތެރިވާން ދެކޮޅުހަދާ މީހުންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 16ސ
ކޮންމެވެސް ކިޔައިލާތި!؛ ކައިވެންޏަށްފަހު އަނެކާގެ މައިންބަފައިންނަށް އެހީތެރިވާން ދެކޮޅުހަދާ މީހުންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް!

ސުއިޒާ

 

ކައިވެންޏަށްފަހު އަނެކާގެ މައިންބަފައިންނަށް އެހީތެރިވުމަށާއި ބެލެހެއްޓުމަށް ދެކޮޅުހަދާ ބައަކު އުޅެއެވެ. މިފަދަ ގިނަ މައްސަލަތައް ނިމެނީ ކައިވެނި ފޭލްވެގެންނެވެ. އެކަމުން ލިބޭ ދެރަ ވިސްނެނީ ދެމީހުންގެ ގުޅުން ކެނޑި ކައިވެނި ރޫޅިގެންދާ ހިސާބުންނެވެ.  

މިގެނެސްދެނީ އަޅުގަނޑަށް ފެނިފައިވާ މިފަދަ ޙާދިސާއެއްގެ ވީޑިއޯއެއްގައި ކަންތައްތައް ވެގެންދިއަގޮތެވެ.    

އަނބިމީހާ: އިހައް މަސެއްކަތް ހުއްޓާލަބަލަ! އަހަރެން ވަރަށް މުހިއްމު ވާހަކައެއް ދައްކަން ވެފަ އެބައޮތް.  އަހަރެން ބޭނުން އަހަރެންގެ މައިންބަފައިން މި ގެއަށް ގެންނަން. އެމީހުން އުޅޭނީ އަހަރެމެންނާއި އެކު! 

ފިރިމީހާ: (ރުޅިވެރިކަމާއެކު) އަހަރެން އަދިވެސް ހަނދާން އެބަހުރި އަހަރެމެން ކައިވެނި ކުރި ދުވަހު ތިބާ ބުނި އެއްޗެހި. މުސްކުޅިންނާއި އެކު ނޫޅެވޭނެކަމަށް ތިބާ ބުނި. އެހެންވެގެން އަހަރެން، އަހަރެންގެ ދިރިއުޅުން މައިންބަފައިން ވަކިކުރީ.  

އަނބިމީހާ: އަހަރެން ބުނީ އަހަރެން ނޫޅޭނަމޭ ތިބާގެ މުސްކުޅި މައިންބަފައިންނާއި އެކުގަ. އެކަމަކު އަހަންނަށް އަހަރެންގެ މައިންބަފައިންނާއި އެކު އުޅެވޭނެ.  

ފިރިމީހާ: އަހަރެން ހަނދާން އެބަހުރި ތިބާ އެދުވަހު ބުނި ހުރިހާ އެއްޗެއްވެސް. ތިބާ ބުނި، ތިބާއަކަށް ނޫޅެވޭނެއޭ މުސްކުޅިންނާއި އެކުގައެއް. މިހާރު ތިބާގެ މައިންބަފައިން މުސްކުޅިއެއް ނޫންތަ؟ އަހަރެންގެ މައިންބަފައިން މުސްކުޅިއްޔާ ތިބާގެ މައިންބަފައިންވެސް މުސްކުޅިވާނެ. އިއްޔެގަ ތިބާ ބުނީ ތިބާއަށް މުސްކުޅިންނާއި އެކުގައެއް ނޫޅެވޭނެއޭ. އަހަރެންވެސް މިބުނަނީ އަހަރެންވެސް ބޭނުމެއް ނޫނޭ ތިބާގެ މައިންބަފައިންނާއި އެކުގަ އުޅޭކަށް! 

އަނބިމީހާ: އަހަރެންގެ މައިންބަފައިން އަހަރެން ކުޑައިރުއްސުރެ ބަލައި ބޮޑުކުރީ. އެއީ އަހަރެންގެ ޒިންމާއެއް ނޫންތަ އެމީހުންނަށް އަޅާލުން؟  

ފިރިމީހާ: ހަމައެގޮތަށް އަހަރެންވެސް ކުޑައިރު އަހަރެންގެ މައިންބަފައިންނެއް ނޫންތަ ބަލައި ބޮޑުކުރީ؟ ނޫނީ އަހަރެން އުޑުންތަ ފޭބީ؟ ނޫނީ ހިލައަކުންތަ ނުކުތީ؟ ނޫނީ އަހަރެން ވިހެއީ 30 އަހަރުގައިތަ؟ ނޫނީ 30 އަހަރުގަ ކުއްލިއަކަށް މައިންބަފައިންނަށް އަހަރެން ފެނުނީތަ؟  

އަނބިމީހާ: އަހަރެންގެ މައިންބަފައިން ލޯނު ނަގައިގެން އަހަރެންނަށް ކިޔަވައިދިނީ. އަދި ތިބާ އެމީހުންނަށް އެ ފައިސާ އަނބުރާ ދައްކައެއްވެސް ނުދޭ. 

ފިރިމީހާ: ތިބާގެ މައިންބަފައިން ތިބާއަށް ކިޔަވައިދިނުން އެއީ މާ ހާއްސަ ކަމެއް ނޫން. ކޮންމެ ބެލެނިވެރިއަކުވެސް އެމީހުންގެ ދަރިންނަށް ކިޔަވައިދޭ އަދި ޚަރަދުވެސް ކުރޭ. ދެން އަހަރެން ކޮންކަމަކަށް އެމީހުންނަށް ފައިސާ ދައްކަންވީ. ތިބާތީ އެމީހުންގެ ދަރިފުޅު. ކައިވެންޏަށްފަހު ތިބާގެ ޚަރަދުތަކަކީ އަހަރެންގެ ޒިންމާއެއް. ތިބާގެ މައިންބަފައިން ރަނގަޅު ދިރިއުޅުމެއް އުޅެން ތިބާ ބޭނުންވަންޏާ ތިބާގެ ކޮއްކޮގެ ގެއަށް އެމީހުން ގެންދޭ. ކޮއްކަ ގާތު ބުނޭ އެމީހުން ބައިތިއްބާށޭ. އަހަރެން، އަހަރެންގެ މައިންބަފައިންނަށް އަޅާ ނުލީއިރު ކީއްކުރަން އަހަރެން ތިބާގެ މައިންބަފައިންނަށް އަޅާލަންވީ؟

އަނބިމީހާ:  އަހަރެންގެ ކޮއްކޮ އަދި ވަރަށް ކުޑަ. އަހަރެން މީ އެންމެ ބޮޑު ދަރިފުޅު. އެހެންވީމަ އެއީ އަހަރެންގެ ޒިންމާއެއް އަހަރެންގެ ގާތުގަ އެމީހުން ބައިތިއްބުން.  

ފިރިމީހާ: ތިބާގެ ކޮއްކަ ކުޑަ، އެކަމަކު އަބަދަކު ކުޑައެއް ނުވާނެއްނު. އޭގެ މާނައަކީ ތިބާގެ މައިންބަފައިން އަބަދުގެ އަބަދަށް އަހަރެމެންނާއި އެކުގަ އުޅުމެއް ނޫނެއްނު. އަހަރެން ވަރަށް ސާފުކޮށް މިބުނަނީ، އެއްވެސް އިތުރު މީހަކަށް އަހަރެންގެ ގެއަކު ނޫޅެވޭނެ.  

އަނބިމީހާ: ވޭތުވެ ދިޔަ 5 އަހަރުވެސް އެމީހުން ބެލީ ކޮއްކޮ. މިހާރު އެއީ އަހަރެންގެ ޒިންމާއެއް އެމީހުން ބެލެހެއްޓުން.  

ފިރިމީހާ: ތިބާ ދަރިއެއްގެ ހައިސިއްޔަތުން މައިންބަފައިންނަށް އަދާކުރަންޖެހޭ ކަންތައްތައް އަދާކުރަން ބޭނުންވާނަމަ، އަހަރެންވެސް ދަރިއެއްގެ ހައިސިއްޔަތުން އެ ޒިންމާ އަދައެއް ނުކުރެވޭނެތަ؟ އަހަރެންގެ މައިންބަފައިންވެސް ތިބާގެ މައިންބަފައިން ފަދައިން ބުރަ މަސެއްކަތުން އަހަރެން ބަލައި ބޮޑުކުރީ. ތިބާގެ ކޮއްކޮވެސް ވަކި މުއްދަތަކަށް މައިންބަފައިންނަށް ޚިދުމަތް ކޮށްދީފި. އެކަމަކު ތިބާ އަހަރެންގެ މައިންބަފައިން އަހަރެން ގާތު އެންމެ ދުވަހަކަށް ވެސް ބެހެއްޓިއަކަ ނުދިން. އެހެންވީމަ ހަމަ އެފަދައިން ތިބާވެސް އަހަރެންގެ ފަރާތުން އުއްމީދު ކުރަންވާނީ. ތިބާގެ މައިންބަފައިން މިތަނަކަށް ނާއްނާނެ.  

އަނބިމީހާ: (ރުޅިވެރިކަމާއެކު) ކީކޭތަ ކިޔަން ތިއުޅެނީ؟

ފިރިމީހާ: ތިބާ އަހަރެންގެ މައިންބަފައިންނަށް އަހަރެން ޚަރަދު ކުރިއަކަ ނުދިން. އެހެންވީމަ ތިބާގެ މައިންބަފައިންނަކަށްވެސް އަހަރެން ޚަރަދެއް ނުކުރާނަން.  

އަނބިމީހާ: ތިބާއާއި އެކުގަ އުޅެގެން ނުލިބޭހާ އުފާ އަހަރެންނަށް އަހަރެންގެ މައިންބަފައިންނާއި އެކު އުޅުނީމަ ލިބެއޭ.  

ފިރިމީހާ: ތިބާގެ މައިންބަފައިންނާއި އެކު އުޅުމުން ތިހާ އުފާވެރިކަން ލިބެންޏާ އަހަރެން ދޫކޮށްލާފަ އެމީހުންގެ ގާތަށް ދޭ. އަހަރެން ނިންމައިފިން ތިބާ ތިބާގެ މައިންބަފައިންނާއި އެކު އުފަލުގައި އުޅެން ދޫކޮށްލުމަށް! މިއަދުން ފެށިގެން އަހަރެންވެސް އުޅޭނީ އަހަރެންގެ މައިންބަފައިންނާއި އެކު. އަހަރެން ތިބާދެކެ ލޯބި ވެވުނީތީ ހިތާމަ ކުރަން. އެއަށްވުރެވެސް ބޮޑަށް ހިތާމަކުރަން ތިބާގެ ސަބަބުން އަހަރެންގެ މައިންބަފައިންނާ ވަކިވާން ޖެހުމުން. އެމީހުން ހަމަހިމޭން ކަމާއެކީ އަހަރެންނާއި ދުރުގަ އެތިބީ އަހަރެންގެ އުފަލަށްޓަކާ. އަދި މިހާރު ތިބާގެ މައިންބަފައިންނާ ޖެހުނީމާ ތިބާގެ އަސްލު ތިޔަ ދައްކާލަނީ. ތިބާ ސާބިތު ކޮށްދީފި މުސްކުޅިންނާއި އެކު އުޅުން ތިބާއަށް އެއީ އެއްވެސް މައްސަލައެއް ނޫންކަން. ތިބާއަށް ހަމައެކަނި މައްސަލައަކަށް ވީ އަހަރެންގެ މައިންބަފައިންނާއި އެކުގަ އުޅުން. ތިބާ ބޭނުންވީ އަހަރެން އެމީހުންނާ ވަކިކުރަން.

ކޮންމެއަކަސް، އެމީހަކު އެހެން މީހުންނާ މެދު ކަންތައް ކުރި ގޮތަކަށް އެމީހަކާ މެދު ކަންތައް ކުރުން އެއީ ދުނިޔޭގެވެސް އާދައެވެ.   

(އަނބިމީހާ އެއްޗެއް ބުނަން މަސައްކަތް ކުރި ނަމަވެސް، ވާހަކަ މިހާ ހިސާބުން ނިމުނީކަމަށް ފިރިމީހާ ބުނި.)  

ފިރިމީހާ: ތިބާ އަމިއްލައަށް މި ގުޅުން ތިއަ ނިންމައިލީ. އަދި ތިބާ، ތިބާގެ މައިންބަފައިންނާއިއެކު މާ އުފާވެރިކަން ހާމަކޮށް އަހަރެންގެ ލޯ ހުޅުވައިދީފި.  

އުންމީދުކުރަނީ ކިޔުންތެރިންނަށް އަގުހުރި ފިލާވަޅަކަށްވާނެ ކަމަށެވެ.

މީގެން މި ލިބޭ މެސެޖަކީ، ދިރިއުޅުމުގައި ކޮންމެ ކަމެއްވެސް ތަހައްމަލް ކުރާށެވެ. އެހެނަސް މައިންބަފައިންނަށް ނުރުހުން ތަހައްމަލް ނުކުރާށެވެ.

 

މިއަދު އޮންލައިން