އެމްޑަބްލިއުއެސްސީއާ ހަވާލުކޮށް ގަމު ތުނޑި އަވަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށް ގަމު ތުނޑި އަވަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި

ލ. ގަމު ތުނޑި އަވަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތް ފެށުނީ، ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، ޕަންޕިން ލައިން އާއި ސީ އައުޓް ފޯލް އެޅުމާއި، ޕަންޕް ސްޓޭޝަން އަދި ވޭލް ޗެމްބަރގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި، ގަމު ދާއިރާގެ މެމްބަރު ޔޫސުފް ނަޝީދު އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ދައުލަތުގެ އެހެނިހެން ވަޒީރުންނާއި، އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން