ގަމުގައި ގާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ގަމުގައި ގާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް ފަށައިފި

ލ.ގަމުގައި ގާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ގަމުގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި، ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު އެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި ސެންޓަރު ގާއިމްކުރުމުން، ހައްދުންމަތީގެ ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރިހެބިލިޓޭޝަން ސެންޓަރެއް ގަމުގައި ގާއިމްކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މި ސެންޓަރު ހުޅުވުމުން، އެ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ރިހެބިލިޓޭޝަންގެ ޚިދުމަތްތައް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން